އީރާންގެ ރައީސް، ރައީސީ އަވަހާރަ ވެއްޖެ

އީރާންގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރައީސާއި އެ މަނިކުފާނާ އެކު ދަތުރުކުރެއްވި އެ ގައުމުގެ ފޮރިން މިނިސްޓަރު ވެސް ވަނީ އެ ހާދިސާގައި އަވަހާރަވެފަ އެވެ.

އިރާންގެ ރައީސް، ރައީސީ

އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި، އެ މަނިކުފާނު އަވަހާރަވެފައިވާކަން އެ ގައުމުގެ ދައުލަތުގެ މީޑިއާއިން މިހާރު ކަށަވަރު ކޮށްދީފި އެވެ.

ރައީސް އިބްރާހީމް ރައީސީ ދަތުރުފުޅު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު އެކްސިޑެންޓުވެ، ގެއްލިގެން ހޯދަމުން ދަނިކޮށް ހެލިކޮޕްޓަރުގެ ބައިބައި ފެނިފައިވަނީ މިއަދު އެވެ. ރެޑް ކްރެސެންޓުން ބުނާ ގޮތުގައި އެ ސަރަހައްދުގައި ދިރުމެއްގެ އެއްވެސް ނިޝާނެއް ނެތެވެ. އަދި އީރާންގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރައީސާއި އެ މަނިކުފާނާ އެކު ދަތުރުކުރެއްވި އެ ގައުމުގެ ފޮރިން މިނިސްޓަރު ވެސް ވަނީ އެ ހާދިސާގައި އަވަހާރަވެފަ އެވެ. އެ ގޮތުން ޖުމުލަ ނުވަ މީހުން އަވަހާރަވެފައިވާ ކަމަށް އީރާންގެ ދައުލަތުގެ މީޑިއާއިން ބުނެ އެވެ. 

ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު ހޯދާފައި ވަނީ ބޯ ދުންފިނީގެ ސަބަބުން ގިނަ ގޮންޖެހުންތަަކުގެ ތެރޭގައި މެދުނުކެނޑި 15 ގަޑިއިރިއަށްވުރެ ގިނައިރު ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަނެއްގަ އެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ރެޑްކްރެސެންޓުގެ ވެރިޔާ މައުލޫމާތު ދެއްވި ގޮތުގައި މިހާރު ރެސްކިއު ޓީމުތަކަށް ވަނީ އެ ސަރަހައްދަށް ދެވިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ހެލިކޮޕްޓަރުވަނީ ވަރަށް ބޮޑަށް ހަލާކުވެ ބައިތައް އަނދާފައެވެ.

އިރާންގެ ރައީސް އިންނެވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއާއެކު އެ ގައުމުގެ އިތުރުން މުޅި ބައިނަލްއަގްވާމީ ދުނިޔެ ވެސް އޮތީ ހާސް ކަމެއްގައެވެ.

ރައިސީ އަވަހާރަ ވެއްޖެނަމަ އީރާނުގެ ވެރިކަމާ ދެން ހަވާލުވެ ވަޑައިގަންނަވާނީ އެގައުމުގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރޭން އެއް ވަނަ ނައިބެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.