އީރާނުގެ ހެލިކޮޕްޓަރު އެކްސިޑެންޓް: ގެއްލިފައިވާ ހެލްކޮޕްޓަރުގައި ރައީސީ

މާ ތަފްސީލީ މައުލޫމާތެއް ނުލިބި އެކި ނިއުސް އެޖެންސީތަކުން ދަނީ ތަފާތު ގޮތްގޮތަށް ހަބަރު ފަތުރަމުންނެވެ. ފުރަތަމަ ހަބަރު އައީ ރައީސީ ދަތުރުފުޅު ކުރެއްވި ހެލްކޮޕްޓަރު ވެއްޓުނީ ކަމަށެވެ.

އިރާނުގެ ރައީސް އިބްރާހިމް ރައިސީ

އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލްކޮޕްޓަރަށް މައްސަލަތަކެއް ދިމާވެ ހެލޮކްޓަރުގެ ދަތުރަށް ބުރޫއަރާ ކަމާބެހޭ އިދާރާތަކާ އެ އުޅަނދާ ގުޅުން ކެނޑިއްޖެ އެވެ.

ރައީސީގެ ދަތުރުފުޅަކީ ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ގައުމުގެ ވެރީން ތިން ހެލްކޮޕްޓަރެއް ގައި ދަތުރު ކުރެއްވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ދެ ހެކޮޕްޓަރު ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ދަތުރުގެ މަންޒިލަށް ވަނީ ވާސިލުވެފަ އެވެ.

ނަމަވެސް ރައީސް އިބްރާހިމް ރައީސީ ދަތުރުފުޅު ކުރެއްވި ހެލްކޮޕްޓަރަށް މައްސަލަތަކެއް ދިމާވެ ދަތުރަށް ވަނީ ބުރޫ އަރާފަ އެވެ. ހެލްކޮޕްޓަރާ ކުރީން މުއާސަލާތު ކުރެވުނު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަދި ހެލްކޮޕްޓަރު އޮތް ސަރަހައްދަށް ރެސްކިއު ޓީމުތައް ދަތުރުތައް ފެށި ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ މުޅި ސަރަހައްދު ފުސްވެފައި އޮތުމުން ދަތުރުތަކަށް ވަނީ ބުރޫ އަރާފަ އެވެ.

ހެލްކޮޕްޓަރު އަދި ނުފެންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. މާ ތަފްސީލީ މައުލޫމާތެއް ނުލިބި އެކި ނިއުސް އެޖެންސީތަކުން ދަނީ ތަފާތު ގޮތްގޮތަށް ހަބަރު ފަތުރަމުންނެވެ. ފުރަތަމަ ހަބަރު އައީ ރައީސީ ދަތުރުފުޅު ކުރެއްވި ހެލްކޮޕްޓަރު ވެއްޓުނީ ކަމަށެވެ. ނަމަވެސް ރައްކާތެރި ކަމާއެެކު ތަނަކަށް ޖެއްސި ކަމަށް ފަހުން މައުލޫމާތު ފެތުރުނެވެ. އެކަމަކު ހެލްކޮޕްޓަރު ޖައްސަން އުޅުމުގެ ތެރޭގައި ހާދިސާއެއް ހިނގާފައިވާ ކަމަށް ވެސް ބުންޏެވެ. 

ހެލްކޮޕްޓަރު ގައި އިރާންގެ ރައީސްގެ އިތުރުން ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުﷲ އާއި އެ ގައުމުގެ އިސް ބައެއް ބޭފުޅުން ތިއްބެވި އެވެ. މި ހަބަރާއެކު މުޅި އިރާނަށް ވަނީ ކަންބޮޑުވުމާއި ހިތާމަ ކުރިމަތިވެފަ އެވެ. އެ ގައުމުގެ އެކި ސަރަހައްދުތަކަށް އާންމުން ޖަމާވެ ގައުމުގެ ވެރިޔާ ހެޔޮ ހާލުގައި ފެނުން އެދި ދުއާ ކުރަން ވަނީ ފަށާފަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.