ހަތިޔާރު އެޅި ޖަމާއަތަކުން މިޔަންމާގެ ރޮހިންޔާ މުސްލިމު އަވަށެއް ހިފައިފި

މުސްލިމް ރޮހިންޔާ ނަސްލުގެ މީހުންނަކީ އަސްކަރީ ސަރުކާރުގެ ފައުޖުތައް ފަހަތަށް ޖެއްސި ކަމަށް ބުނާ ބުތިދައުންގް އަވަށުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އެންމެ ބޮޑު ޝިކާރައަކަށްވެފައިވާ މީހުނެވެ.

ނަސްލީ ތަޅާފޮޅުމާއި ވެރިކަމުގެ ހަމަނުޖެހުންތައް ފުނިޖެހިފައިވާ މިއަންމާގައި އެންމެ ބޮޑު އަނިޔާ ލިބެމުން ދަނީ މުސްލިމުންނަށް

މިޔަންމާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ރާކިންގައި އެ ގައުމުގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ވަރުގަދަ ނަސްލީ ހަތިޔާރު އެޅި ޖަމާއަތަކުން ބަންގްލަދޭޝްގެ ބޯޑަރު ކައިރީގައި އޮންނަ އަވަށެއް ހިފައިފި އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު އަސްކަރިއްޔާއިން ހިންގި ނުރައްކާތެރި ޖަރީމާތަކުގެ ހަމަނުޖެހުންތަކުގެ އަމާޒަކަށް ވެފައިވާ އެ ސްޓޭޓްގެ މުސްލިމް ރޮހިންޔާ ނަސްލުގެ މީހުނަކީ އަސްކަރީ ސަރުކާރުގެ ފައުޖުތައް ފަހަތަށް ޖެއްސި ކަމަށް ބުނާ ބުތިދައުންގް އަވަށުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އެންމެ ބޮޑު ޝިކާރައަކަށް ވެފައިވާ މީހުނެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު ޚައިން ތުހާ އާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ގުރޫޕުން ބުތިދައުންގް ހިފީ އެތަނުގައި ހުރި އަސްކަރިއްޔާގެ ހުރިހާ އައުޓްޕޯސްޓްތަކެއް އަތުލުމަށް ފަހު އެވެ. 

އަރަކަން އަސްކަރިއްޔާއަކީ މިޔަންމާގެ މަރުކަޒީ ސަރުކާރުގެ ކިބައިން މިނިވަންކަން ހޯދުމަށް މަސައްކަތްކުރާ ރާހިން ނަސްލުގެ މައިނޯރިޓީ ހަރަކާތުގެ ތަމްރީނު ލިބިފައިވާ އަދި ހަތިޔާރު އެޅި އަސްކަރީ ގޮތްޕެކެވެ. އަދި ދާދި ފަހުން ޗައިނާގެ ބޯޑަރު ސަރަހައްދުގައި އެގައުމުގެ އިރު އުތުރުން ސްޓްރެޓެޖިކް ސަރަހައްދެއް ހޯދި ހަތިޔާރު އެޅި ނަސްލީ ޖަމާއަތްތަކުގެ އިއްތިހާދުގެ މެމްބަރެކެވެ.

ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް އަނިޔާ ކުރާ މީހުންގެ ތެރޭގައި އަރަކާން އަސްކަރިއްޔާގެ ރާހިން ނަސްލުގެ ނޭޝަނަލިސްޓް ސަޕޯޓަރުން ވެސް ހިމެނެ އެވެ. ނަމަވެސް 2021 ވަނަ އަހަރު އަންގް ސަން ސޫކީގެ އިންތިހާބީ ސަރުކާރު ވައްޓާލި އަސްކަރީ ބަޣާވާތުގެ ސަބަބުން ސިޔާސީ ގުޅުންތައް ބަދަލުވެ، އަސްކަރީ ވެރިކަމާ ދެކޮޅަށް ހަރަކާތެއް ހިންގަމުން ދިޔައެވެ.

މިޔަންމާއިން ބޭރުގައި ހަރަކާތްތެރިވާ ފްރީ ރޮހިންޔާ ކޯލިޝަން ޖަމާއަތުގެ ކޯ ފައުންޑަރެއް ކަމަށްވާ ނޭ ސަން ލްވިން ވިދާޅުވެފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ބުތިދައުންގްގެ ރޮހިންޔާ ދަރިކޮޅުގެ މީހުން އެ އަވަށް ހުސް ކުރުމަށް އަރަކާން އަސްކަރިއްޔާއިން އިންޒާރު ދީފައިވާ ކަމަށާއި ދެ ލައްކައަށް ވުރެ ގިނަ ރޮހިންޔާ ދަރިކޮޅުގެ މީހުން އެތަނުގައި ގެތަކާއި ސަރުކާރުގެ އިމާރާތްތަކާއި ހޮސްޕިޓަލެއްގައި ހިމާޔަތް ހޯދަމުންދާ ކަމަށެވެ. އަދި އަރަކާން އަސްކަރިއްޔާއިން ވަނީ ގެދޮރު ގެއްލިފައިވާ ރޮހިންޔާ ދަރިކޮޅުގެ މީހުން ހިޔާވަހިކަން ހޯދަމުން އަންނަ ސްކޫލަކާއި ހޮސްޕިޓަލަކަށް ބަޑީގެ ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާގައި ބައެއް މީހުން މަރުވެ، ބައެއް މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.

ރެސިސްޓެންސް މޫވްމަންޓްގެ ނޭޝަނަލް ޔުނިޓީ ގަވަމެންޓްގެ އިންސާނީ ހައްގުތަކާބެހޭ ޝެޑޯ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ރޮހިންޔާ ދަރިކޮޅުގެ ރައްޔިތެއް ކަމަށްވާ އަންގް ކިޔޯ މޯ ހޮނިހިރު ދުވަހު އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވާ ގޮތުގައި ބުތިދައުންގް އަންދާ އަޅިއަށް ހަދާފައިވާ ކަމަށާއި އެ ސަރަހައްދުގެ ރައްޔިތުން ރަށުން ބޭރުގައި ހުރި ހަނޑޫ ދަނޑުތަކުގައި ތިބެންޖެހިފައިވާ ކަމަށެވެ. އަލިފާނުގެ ހާދިސާގެ ޒިންމާ ވާންޖެހޭނެ ފަރާތެއް ސީދާ ހާމަކޮށްފައި ނެތް ނަމަވެސް ފިލައިގެން ދިޔަ މީހުންގެ ހާލަތު ވަރަށް ގޯސް ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ފުޅާ ދާއިރާއެއްގައި އިންސާފުވެރި ތަހުގީގެއް ހިންގައި، ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް އޭނާ ލިޔުއްވާފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.