"ޕޮއެޓްރީ ތެރަޕީ" ގެ ދިވެހި ނަން ފާސްކޮށް، ފަރުވާގެ ދިރާސާ ފަށަނީ

ދިވެހި ޅެންވެރިކަން ބޭނުން ކޮށްގެން ނަފްސާނީ ހާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އބްރާހީމް އިއުލާނު ކުރައްވާފައި ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަހު އެވެ.

ހެރިޓޭޖް މިނިސްޓަރީގެ ހަރަކާތެއްގެ ތެރެއިން: ޅެންފަރުވާގެ ދިރާސާތައް ހަދާނެ

ދިވެހިބަހުގެ އެކެޑަމީގެ ބަސް ކޮމިޓީން "ޕޮއެޓްރީ ތެރަޕީ" އަށް ދިވެހިބަހުން ކިޔާނެ ނަމެއް ފާސްކޮށްފި އެވެ. ބަސް ކޮމިޓީން ނިންމައިފައި ވަނީ "ޕޮއެޓްރީ ތެރަޕީ" ގެ ދިވެހި ނަމަކީ "ޅެންފަރުވާ" ކަމަށެވެ. 

"ޅެންފަރުވާ" ގެ މާނައަކީ - ބަލި މީހާގެ އިހުސާސްތަކާއި އުދާސްތަކާއި ގުޅޭ ޅެން ހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީ އެވެ. މިއީ ގަދީމީ ޒަމާނުއްސުރެ ހަޒާރަތްތަކުގައި ނަފުސީ ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ބޭނުން ކުރަމުން އަންނަ ތަރީގާއެކެވެ.

"ޅެންފަރުވާ" މި ނަން މިހާރު ވަނީ ބަސް ފޮތުގެ އޮންލައިން އިސްދާރު - ވާޝަންގައި ހިމަނާފަ އެވެ.

މިއާއެކު، ޅެންފަރުވާގެ އިލްމީ ދިރާސާތަކުގެ މަސައްކަތް ކުރިއަށް ގެންދަން ހެރިޓޭޖް މިނިސްޓަރީ އާއި ގައުމީ ޔުނިވާސިޓީއާ ދެމެދު ފަހުމުނާމާއެއްގައި އަންނަ ބުދަ ދުވަހު ސޮއި ކުރާނެ އެވެ. މި ފަހުމުނާމާގެ ދަށުން ޅެންފަރުވާއާބެހޭ އިލްމީ ދިރާސާތައް ކުރުމާއި ދިވެހި ޅެން ބޭނުން ކޮށްގެން ނަފުސީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ ހަމަތަކުގެ މައްޗަށް ދިރާސާ ކުރާނެ އެވެ. 

އަދި ދިވެހިބަސް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ ތަފާތު އެހެނިހެން ދިރާސާތައް ކުރުން ވެސް މި ފަހުމުނާމާގެ ދަށުން ގައުމީ ޔުނިވާސިޓީއާއެކު ކުރިޔަށް ގެންދާނެ އެވެ.

ދިވެހި ޅެންވެރިކަން ބޭނުން ކޮށްގެން ނަފްސާނީ ހާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އބްރާހީމް އިއުލާނު ކުރައްވާފައި ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަހު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.