ތޭރައިން ފެތުރީ ދޮގެއް؛ ގުޅުން ބަދަހި، ދޮގުން އަޒުމު ބަލިކަށި ނުކުރެވޭނެ

"ކުރިއަށް އޮތް އައިޓީބީ ޗައިނާ ފެއާ ގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި ވެސް ނޫރައިން ބައިވެރިވާނެ،"

އެމްއެމްޕީއާރުސީގެ ޗެއާޕާސަން ނޫރައިން އަދި ޓޫރިޒަމް މިނިސްޓަރު ފައިސަލް: މިނިސްޓަރާއި ގުޅޭގޮތުން ފަތުރަނީ ދޮގެއް

އެމްއެމްޕީއާރުސީން ބައިވެރިވާ ބޭރުގެ އެއްވެސް ހަރަކާތެއް ގައި އެ ކޯޕަރޭޝަންގެ ޗެއާޕާސަން އައިޝަތު ނޫރައިން ޖަނާހް ބައިވެރިނުކުރަން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަންގާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ހަބަރު ދޮގުކޮށް މިނިސްޓަރު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

މިނިސްޓަރު ފައިސަލާ ގުޅޭގޮތުން އެ ހަބަރު ފެތުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަސްލަހަތު އޮންނަ / އެމަނިކުފާނުގެ ވާހަކަތަކާއި ހަބަރުތަކަށް އިސްކަން ދީފައި އޮންނަ ޗެނަލް 13 އިންނެވެ. ރައީސް މުއިއްޒުގެ ސަރުކާރާއި ސަރުކާރުގެ ވެރީންނާއި ގުޅޭގޮތުން އެ ޗެނަލުން ދަނީ ހަގީގަތެއް ނެތް ގިނަ ވާހަކަތަކެއް ފަތުރަމުންނެވެ.

ނޫރައިންގެ އިންޓަވިއު އަކަށް އާންމުންގެ ވަރަށް ބޮޑު ސަމާލު ކަމެއް ހުއްޓުނު ދަނޑިވަޅާ ދިމާކޮށް މިނިސްޓަރާއި ފައިސަލާ ގުޅޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރާ އެ ޗެނަލުން ވަނީ އެމްއެމްޕީއާރުސީން ބައިވެރިވާ ބޭރުގެ އެއްވެސް ހަރަކާތެއް ގައި އެ ކޯޕަރޭޝަންގެ ޗެއާޕާސަން އައިޝަތު ނޫރައިން ޖަނާހް ބައިވެރިނުކުރަން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަންގާފައިވާ ކަމަށް ބުނެފައެވެ.

"މިއީ ޗެނަލް 13 ގައި ލިޔެފައިވާ ރޯބުހުތާނު ދޮގެއް. ޒާތީވެ ބުލީކޮށްގެން ފަހަތަށް ނުޖެއްސުމުން ބޮޑެތި ދޮގު ވާހަކަތައް ފަތުރައިގެން އަޅުގަނޑު ފަހަތަށް ނުޖެހޭނެ،" ތޭރައިގެ ހަބަރު ދޮގުކޮށް މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާ އެމްއެމްޕީއާރުސީގެ ލީޑާޝިޕް ގައި ތިއްބެވި ބޭފުޅުންގެ މެދުގައި އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށެވެ. އަދި އެ ބޭފުޅުން އަތާއި އަތް ގުޅުވާލައިގެން ތިބީ ރައީސް މުއިއްޒުގެ ތަރައްގީގެ ތަސައްވުރުގައިވާ އިންގިލާބީ ހެޔޮ ބަދަލުތައް ޓޫރިޒަމް ސިނާއަތަށް ގެނެސް ދިނުމަށް ކަމަށް ވިދާޅުވި އެވެ.

އަދި ނޫރައިންއާ ގުޅޭގޮތުން ފެތުރާ ވާހަކަތަކުގެ ބޭނުމަކީ އަޒުމު ބަލިކަށި ކުރުން ކަމުގައި ވިދާޅުވެ އެކަން ހާސިލު ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރިއަށް އޮތް އައިޓީބީ ޗައިނާ ފެއާ ގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި ވެސް ނޫރައިން ބައިވެރިވާނެ. އިންތިޒާމު ކޮށްގެން ރޭވިގެން މި ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ ކަނބަލުންނަށް ޓާގެޓް ކޮށްގެން މިފަދަ ދޮގު ވާހަކަތައް ފަތުރައިގެން އެކަނބަލުންގެ އަޒުމު ބަލިކަށި ނުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބަ އޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.