މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އާންމު ގޮތެއްގައި ވިއްސާރަ ކުރާނެކަމަށް ލަފާކޮށް ރައްކާތެރިވެ ތިބުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.
ދެކުނުން އައްޑު އަތޮޅު ހިމެނޭ ސަރަހައްދަށް ގަދަ ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އޮރެންޖު ސަމާލެއް ނެރެފި އެވެ.
މެޓު އޮފީހުން ބުނީ އައްޑޫ އަތޮޅު ހިމެނޭ ސަރަހައްދަށް އާންމު ގޮތެއްގައި ވައި ޖެހޭނީ ގަޑިއަކު 34 މޭލާ 40 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި، ނަމަވެސް ވިލާގަނޑުގައި 60 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެެވެ.
އާދަޔާ ހިލާފަށް ވައި ގަދަވުމުގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެތީ މެޓު އޮފީހުން ވަނީ ސަމާލުވާން ވެސް އިލްތިމާސް ކޮށްފަ އެވެ.
މި ސަމާލު ނެރެފައި ވަނީ މެންދުރު ފަހު 3:00 އިން ފެށިގެން 6:00 ގެ ނިޔަލަށެވެ.
އޮރެންޖު ސަމާލަކީ މޫސުމަށް ސަމާލުވުމަށް ކުރާ އިލްތިމާސްތަކުގެ ތިންވަނަ ދަރަޖަ އެވެ. އަދި ދެވަނައަށް އެންމެ ނުރައްކާތެރި ދަރަޖަ އެވެ. މިފަދަ އެލާޓުތަކުގެ އެންމެ ނުރައްކާތެރި ދަރަޖައަކީ ރަތް ސަމާލެވެ. ރަތް ސަމާލެއް ނެރޭނީ 70 ނުވަތަ އެއަށްވުރެ ބާރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ނަމަ އެވެ.
މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އާންމު ގޮތެއްގައި ވިއްސާރަ ކުރާނެކަމަށް ލަފާކޮށް ރައްކާތެރިވެ ތިބުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.