ކުޑަކުއްޖާ މާލެ ގެނެސްފައި ވަނީ ސީޕްލޭން އެމްބިއުލާންސްގެ އެހީގަ އެވެ. ކުއްޖާގެ ގައި މައްޗަށް ވެއްޓުނީ ދުވަސްވެ އަރި އަޅާލާފައި އޮތް ފާރެކެވެ.

އިއްޔެ ތ. ކަނޑޫދޫގައި ވެއްޓުނު ފާރެއްގެ ދަށުވެ ބޮޑެތި އަނިޔާތަކެއް ލިބުނު ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.
ކަނޑޫދޫ ހެލްތު ސެންޓަރުން ބުނީ އެ ކުއްޖާއަށް ލިބުނު އަނިޔާތަކާއި ގުޅިގެން އިތުރަށް ފަރުވާ ދޭން މާލެ ފޮނުވާލާފައި ވަނީ މިއަދު ހެނދުނު، ސީޕްލޭން އެމްބިއުލާންސް މެދުވެރިކޮށް ކަމަށެވެ. 
އެ ކުއްޖާ މާލެ ގެނެސް ފަރުވާ ދިނުމަށް ހަމަޖެހިފައި ވަނީ އައިޖީއެމްއެޗްގަ އެވެ. 
ފާރު ވެއްޓި އަނިޔާވި އެ ކުއްޖާއަކީ އުމުރުން 10 އަހަރުގެ ކުއްޖެކެވެ. އިއްޔެ ހަވީރު 5:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ކުއްޖާގެ ގައިގެ މައްޗަށް ބޮޑެތި ފާރު ވެއްޓި އަނިޔާތަކެއް ލިބުނު އިރު، އެތެރެހައްޓަށް ލިބުނު އަނިޔާއެއް އެރަށު ހެލްތު ސެންޓަރުން ދެނެއެއް ނުގަނެވުނެވެ.
ކުއްޖާގެ ގައި މައްޗަށް ވެއްޓުނީ ދުވަސްވެ އަރި އަޅާލާފައި އޮތް ފާރެކެވެ.