ތާރީހު

ތުއްޕުޅު ދެ ރަސްކަލަކު ރާއްޖޭގެ އެންމެ މަތީ ވެރިކަން ކުރެއްވި

ރާއްޖޭގައި 80 އަށްވުރެ ގިނަ ރަސްރަސްކަލުން ރާއްޖޭގެ ސިންގާ ސަނާގައި 90 އަށްވުރެ ގިނަ ފަހަރު ރެދަލި ކުރެއްވި އެވެ. ރާއްޖޭގެ އެންމެމަތީ ވެރިންގެ އަދަދު މިހާރު 90 އަށްވުރެ ގިނައެވެ.

ރާއްޖޭގެ ރަސްކަމުގެ ގަނޑުވަރު
  •  އަލިފާނުގެ ހާދިސާއެއްގައި އަވަހާރަވުން
  •  އިންފުލޫންޒާގައި އަވަހާރަވުން

ދިވެހިރާއްޖޭގެ އެންމެމަތީ ވެރިކަން ކުރެއްވި ތުއްޕުޅު ދެ ރަސްކަލުންގެ ރަސްކަން އޮތީ އެ ދެ ރަދުންގެ އުމުރުފުޅުން 10 އަހަރުފުޅު ވެސް ފުރިހަމަ ނުވަނީ ހެވެ. މި ދެ ރަސްކަލުންގެ ނަންފުޅުގައި "މުޙައްމަދު" ހިމެނެ އެވެ.

އެއީ 17 ވަނަ ގަރުނުގައި 1687 އިން 1691 އަށް ރާއްޖޭގެ ރަަސްކަން ކުރެއްވި އައްސުލްތާން ކުޑަ މުޙައްމަދު ސިރީ ރަންމަނި ލޯކަ މަހާރަދުންނާއި، 19 ވަނަ ގަރުނުގައި 1892 ގައި ރާއްޖޭގެ ރަަސްކަން ކުރެއްވި އައްސުލްތާން މުޙައްމަދު ޢިމާދުއްދީން (5 ވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނެވެ. މިއީ އާގަނޑުވަރު މަނިއްޕުޅު މި ނަމުން މަޝްހޫރު ބޭފުޅެކެވެ.

އައްސުލްތާން ކުޑަ މުޙައްމަދު ސިރީ ރަންމަނި ލޯކަ މަހާރަދުންނަކީ މަޝްހޫރު އިސްކަންދަރު ރަސްގެފާނުގެ ދަރިކަލުންނެވެ. މަންމާފުޅަކީ މަރިޔަމް ކަނބާއެވެ. 1887 ގައި އިސްކަންދަރު ރަސްގެފާނު އަވަހާރަ ވުމުން އެ ރަދުންގެ އެހެން ދަރިކަލެއް
ނެތުމާއެކު އުމުރުފުޅުން އެންމެ ހަ އަހަރުފުޅުގެ ތުއްޕުޅުއިރުގައި  މިރަދުން ރާއްޖޭގެ ރަަސްކަމަށް އިސް ކުރެވުނެވެ.

ރަދުން އުމުރުފުޅުން 10 އަހަރުފުޅުގައި ތުއްޕުޅުއިރު އަވަހާރަ ވަންދެން ހަތަރު އަހަރު ރާއްޖޭގެ ރަސްކަމުގައި ނުވަތަ އެންމެ މަތީ ވެރިކަމުގެ ނަންފުޅު ލިބިވަޑައިގެން ވިއެވެ. މި ތުއްޕުޅު ރަދުންގެ ހަތަރު އަހަރުގެ ރަސްކަން ހިންގެވީ މަންމާފުޅު އިސްވެ ހުންނަވައިގެނެވެ. އެއީ ދިވެހި ތާރީޚުގައި އެހާ ރީތި ޒަމާނެއް ނޫނެވެ.

މި ތުއްޕުޅު ރަދުން އަވަހާރަވީ އުމުރުފުޅުން 10 އަހަރުފުޅުގައި ރަސްކަމުގެ އަރުމާދުގެ ގުރާބުގައި ހިނގި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އަލިފާނު ފިހިވަޑައިގެން ކަނޑަށް ވެއްޓިވަޑައިގެން ލިބިވަޑައިގެންނެވި ބޮޑު ޒަޚަމަތަކުން ފަސޭހަފުޅު ނުވެ، އެ އެއާލާސްކަންފުޅުގަ އެވެ. އަވަހާރަވީ މާލޭގަ އެވެ. މާލޭ ހުކުރު މިސްކިތުގެ ގަބުރުސްތާނުގައި މި ރަދުންގެ ޒިޔާރަތް އެބަހުއްޓެވެ. މިރަދުން އަވަހާރަވީ އުމުރުފުޅުން 10 އަހަރުފުޅުގައި ކަމުގައިވުމުން މި ރަދުންގެ ދަރިކޮޅެއް ނެތެވެ.

އައްސުލްތާން މުޙައްމަދު ޢިމާދުއްދީން (5 ވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނަކީ، ނޫރައްދީން ބަންޑާރައިންނާއި ބޮޑުގަލުގޭ ދީދީގެ ދަރިކަލުންނެވެ. މި މަނިއްޕުޅު ރަސްކަމަށް އިސް ކުރެވުނީ އުމުރުފުޅުން އަށް އަހަރުފުޅުގަ އެވެ.

އެއީ ބައްޕާފުޅު ނޫރައްދީން ބަންޑާރައިން އަވަހާރަވުމުންނެވެ. އެއިރު އެމަނިއްޕުޅަށްވުރެ ދޮށީ ބޭބޭފުޅެއް އެމަނިއްޕުޅުގެ އެއްބައްޕާފުޅު ދޮށީ މަނިއްޕުޅެއް ކަމުގައި ހުންނެވިި ވެސް މެއެވެ. އެއީ މުލީގޭ މަނިއްޕުޅު ނުވަތަ ފަހުން ޝަމްސުއްދީން ރަދުންނެވެ.

ނޫރައްދީން ބަންޑާރައިން އަވަހާރަވިއިރު ދޮށީދަރިކަލުން މުލީގޭ މަނިއްޕުޅުގެ އުމުރުފުޅަކީ 14 އަހަރެވެ. ކޮންމެއަކަސް "ތުއްޕުޅުކަމުން" މި ރަދުންގެ ރަަސްކަން ނިމުނީ އަހަރެއް ވެސް ނުވަނީ ހެވެ. އާގަނޑުވަރު މަނިއްޕުޅުގެ ނަންފުޅުގައި
މިރަދުން ހުންނެވީ އެވެ. އުމުރުފުޅުން 40 އަހަރުފުޅު ނުވަނީސް 1920 ގެ އަހަރުތައް ފެށުނުތަނާހެން އިންފުލުންޒާގެ އާލާސްކަންފުޅެއްގައި އަވަހާރަވީ އެވެ. 

ހައްޖުދަތުރުފުޅެއް ފައްޓަވައި ރާއްޖޭން އިންޑިޔާއަށް ވަޑައިގެން ބޮންބޭ ސަހަރުގައި ޖެހިވަޑައިގެންނެވި އާލާސްކަންފުޅުގައި އަވަހާރަވެ އެތަނުގައި ފަސްދާނުލެވިފައި ވެއެވެ. މި ރަދުންގެ ދަރިކޮޅު އެބައޮތެވެ.

ރާއްޖޭގެ ލަފުޒީ މާނައަކީ ރަސްކަމެވެ. މަމްލިކާ ނުވަތަ ކިންގްޑަމެވެ. ރާއްޖޭގެ މުޅި ތާރީޚުގެ އެނގެން އޮތް ތަފުސީލު ތާރީޚުގެ އެންމެ 56 އަހަރު (1 ޖަނަވަރީ 1953 އިން 21 އޮގަސްޓު 1953 އަށް ހަތް މަސް ނުވަތަ އަށެއްކަ މަސް ދުވަހާއި އަދި 11 ނޮވެންބަރު 1968 އިން މިހާތަނަށް މިވީ 55 އަހަރު) ފިޔަވައި އެހެން ހުރިހާ ޒަމާންތަކެއްގައި ރާއްޖޭގައި އޮތީ ރަސްކަމެވެ.

ރާއްޖޭގައި 80 އަށްވުރެ ގިނަ ރަސްރަސްކަލުން ރާއްޖޭގެ ސިންގާ ސަނާގައި 90 އަށްވުރެ ގިނަ ފަހަރު ރެދަލި ކުރެއްވި އެވެ. ރާއްޖޭގެ އެންމެމަތީ ވެރިންގެ އަދަދު މިހާރު 90 އަށްވުރެ ގިނައެވެ. ރާއްޖޭގެ އެންމެމަތީ ވެރކަން ދައުރުވި އަދަދު މިހާރު 100 އަށްވުރެ ގިނަ އެވެ.

ދިވެހި ރަސްރަސްކަލުންގެ ނަންފުޅުތަކުގެ ތެރެއިން އެންމެ ގިނައީ "މުޙައްމަދު" މި ނަންފުޅުގެ ރަސްރަސްކަލުންނެވެ. ވިއްސަށްވުރެ ގިނަ ރަސްކަލުންގެ ނަންފުޅު ކަމުގައި "މުޙައްމަދު" މި ނަންފުޅު ހިމެނިގެން ވެއެވެ.

އެންމެ ފުރަތަމަ ރަސްގެފާނުގެ ނަންފުޅެވެ. އިސްލާމް ދިވެހިރާއްޖޭގެ ފުރަތަމަ ރަސްގެފާނުގެ އިސްލާން ނަންފުޅަކީ އައްސުލްޠާން މުޙައްމަދު ބުން އަބްދުﷲ އެވެ. ރާއްޖޭގެ އެންމެ ފަހުގެ ރަސްގެފާނުގެ ނަންފުޅަކީ ވެސް މުހައްމަދެވެ. އައްސުލްތޯން މުޙައްމަދު ފަރީދުލް އައްވަލެވެ. އަޙްމަދު މި ނަންފުޅުގައި ވެސް ދިވެހި ރަސްރަސްކަލުން ވެއެވެ.

ރާއްޖޭގެ، އަށް ރައީސުންގެ ތެރެއިން ހަތަރު ރައީސުންގެ ނަންފުޅުގައި ވެސް "މުޙަައްމަދު"  އެއީ ފުރަތަަމަ ނަންފުޅެވެ. ދިވެހި ރަސްރަސްކަލުންގެ ނަންފުޅުތަކުގެ ތެރޭގައި، އަބޫބަކުރު، ޢުމަރު، ޢުސްމާން. އަލީ ހިމެނިގެން ވެއެވެ. އަދި ޙަސަން، ޙުސައިން ހިމެނިގެން ވެއެވެ. އެކަމަކު މުޢާވިޔަތުގެ ނަންފުޅުގައި ދިވެހި ރަސްކަލެއް ނެތެވެ. އަދި އުމަވީ ރަސްކަލެއްގެ ނަންފުޅު
ޢުމަރު މެނުވީ ދިވެހި ރަސްކަލެއް ނެތެވެ.

ދިވެހި ރަސްރަސްކަލުންގެ ތެރެއިން އެންމެ ފުރަތަމަ ދީނަކީ ޖަލާލުއްދީނެވެ. (1306 - 1335) ދިވެހި ރަސްރަސްކަލުންގެ ތެރެއިން އެންމެ ފަހުގެ ދީނަކީ ނޫރުއްދީނެވެ. (1935 - 1943) ދިވެހި ރަސްރަސްކަލުންގެ ތެރެއިން އެންމެ ގިނަ ދީނަކީ ޢިމާދުއްދީން 6 އިމާދުއްދީނެވެ. ޤުރައިޝްވަންހައިގެ ދެތިން ރަސްކަލުން ރާއްޖޭގެ ރަސްކަން ކުރެއްވިއެވެ. ރާއްޖޭގެ ފަތުރުވެރިކަން ފެށުނީ 1972 ގައި ކަމަށް ބަލައި މިވީ 52 އަހަރު ކަމުގައި ބެލިޔަސް، މީގެ 700 އަހަރު ކުރިން ރާއްޖެއަށް ޒިޔާރަތް ކުރެއްވި ދަތުރުވެރި ފަތުރުވެރި ބޭރުގެ އިއްޒަތްތެރި ބޭފުޅުން ރާއްޖޭގައި ވަޒަންވެރިވެވަޑައިިގެން ދިވެހި ސިންގާސަނާގައި ރެދަލި ކުރައްވާފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.