ބޮޑު އީދު ފާހަގަ ކުރަން 26 ރަށަކުން ޕްރޮޕޯސަލް ހުށަހަޅައިފި

ބޮޑު އީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދޭން ވަނީ ކޮމިޓީ އެއް އެކުލަވާލައި މާކްސް ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ތ. މަޑިފުށި، ޖުލައި 9 2022: އެ ރަށުގައި ބޮޑު އީދު ފާހަގަ ކުރަން "އީދަމަޑި1443" ނަމުގައި ބޮޑު ހަރަކާތެއް ހިންގި އެވެ، އޭގެ ތެރެއިން އީދު ދުވަހުގެ މެންދުރަށް ބޮޑު ކޭމެއް ތައްޔާރު ކޮށް ދިނީ ފިރިހެނުންނެވެ. -- ދަ މިރާ

މި އަހަރުގެ ބޮޑު އީދު ފާހަގަ ކުރަން ހުޅުވައިލި ފުރުސަތުގައި 26 ރަށަކުން ޕްރޮޕޯސަލް ހުށަހަޅައިފި އެވެ.  

ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރީން އެ ފުރުސަތު ހުޅުވާލީ 25 އެޕްރީލާ ހަމައަށެވެ. އެ ފުރުސަތާއެކު 26 ރަށަކުން ޕްރޮޕޯޒަލް ހުށަހެޅި އެވެ.

މިއަހަރު ބޮޑު އީދު ފާހަގަ ކުރން ރާއްޖޭގެ ތިން ރަށެއް ނަގާނެ އެވެ. ރަށްތައް ކަނޑައެޅުމުގައި ބަލަނީ އީދުގައި އެ ރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކުރާނެ ހަރަދުތަކާއި، އަގެއް ނުނަގައި އެ ރަށަކުން ކޮށްދޭނެ ކަންތައްތަކަށެވެ. 

މިނިސްޓަރީން ބުނީ ބޮޑު އީދު ފާހަގަ ކުރަން ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ރަށްތަކަށް ބަލާއިރު، ރާއްޖޭގެ އުތުރުން ހަތް ރަށަކާއި، މެދު އަތޮޅުތަކުން 10 ރަށަކާއި، ރާއްޖޭގެ ދެކުނުން ނުވަ ރަށަކާއެކު 26 ރަށަކުން ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ.

ބައެއް ރަށްރަށުން ސުންގަޑީގެ ފަހުން ވެސް ހުށަހެޅުންތައް ފޮނުވި ނަމަވެސް އެ ހުށަހެޅުންތައް ބަލައި ނުގަތުމަށް ވަނީ ނިންމާފަ އެވެ.

ބޮޑު އީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދޭން ވަނީ ކޮމިޓީ އެއް އެކުލަވާލައި މާކްސް ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ހޮވާ ރަށްތަކަށް އަންނަ ހަފްތާގެ ތެރޭގައި އިއުލާނު ކުރާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.