އޭއައި ކުންފުނި، ލޯވޯއިން އަޑު ވަގަށް ނެގުމުން ކޯޓަން

ދެ ތަރިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަސް މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދުމުގެ އިތުރުން ލޯވޯއިން އެ މީހުންގެ އަޑު ބޭނުން ކުރުން ހުއްޓުވުމަށް ކޯޓު އަމުރަކަށް ވެސް ވަނީ އެދިފަ އެވެ.

ވޮއިސް އެކްޓަރު ލިނިއާ ސޭޖް އާއި ޕޯލް ލެހެރްމަން

އޭއައި ކުންފުންޏަކުން އަޑު ވަގަށް ނަގައި ބޭނުން ކޮށްފައި ވާކަމަށް ބުނެ ވޮއިސް ދެ އެކްޓަރަކު ކުންފުންޔަކާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފި އެވެ.

ވޮއިސް އެކްޓަރު ޕޯލް ލެހެރްމަން ބުނާގޮތުގައި އޭނާ 2020 ވަނަ އަހަރު ވަޒީފާއެއް އަދާކުރި އިރު، އެއް ފަހަރާ ވޮއިސް ސާމްޕަލްގެ ސެޓެއް ދީފައިވާނެ އެވެ. އޭގެ އެތައް އަހަރެއް ފަހުން ޔޫޓިއުބް ވީޑިއޯއެއްގައި އަދި ޕޮޑްކާސްޓެއްގައި އޭނާގެ އަޑު ބޭނުން ކޮށްފައި ވާކަމަށް އޭނާ ބުނެއެވެ.

މިހާރު ލެހެރްމަން އާއި އޭނާގެ އެކުވެރި ވޮއިސް އެކްޓަރު ލިނިއާ ސޭޖް ކެލިފޯނިއާގެ ބާކްލީގެ ޓެކް ކުންފުންޏެއް ކަމަށްވާ ލޯވޯ އާއި ދެކޮޅަށް ދައުވާ ކުރަނީ އެ މީހުންގެ އަޑުގެ އޭއައި ޖެނެރޭޓެޑް ވާޝަންތައް އުފައްދައި އޮޅުވާލައިގެން ވިއްކުމަށްޓަކައި ބޭނުން ކުރިކަމަށް ބުނެ އެވެ. އެ ކުންފުނިން އިޝްތިހާރު ކުރަނީ މާކެޓިން، އެޑިއުކޭޝަން އަދި ޕްރޮޑަކްޓް ޑެމޯތަކުގައި ބޭނުން ކުރުމަށް އޭއައި ޖެނެރޭޓެޑް ވޮއިސް ޓެކްނޮލޮޖީ އެވެ.

"ސާފުކޮށް ބުނަންޏާ ކަސްޓަމަރުން ލޯވޯ އިން ގަންނަ ޕްރޮޑަކްޓަކީ ވަގަށް ނަގާފައިވާ މުދަލެއް. އެއީ ލޯވޯ އިން ވަގަށް ނަގައި، ދޮގު ހަދައި އޮޅުވާލައިގެން މާކެޓްކުރާ އަޑުތަކެއް،" ޝަކުވާގައި ވެއެވެ.

މި ދެ ތަރިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަސް މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދުމުގެ އިތުރުން ލޯވޯއިން އެ މީހުންގެ އަޑު ބޭނުން ކުރުން ހުއްޓުވުމަށް ކޯޓު އަމުރަކަށް ވެސް ވަނީ އެދިފަ އެވެ.

ވޮއިސް އެކްޓަރުންގެ މި މައްސަލައަކީ ކްރިއޭޓިވް މަސައްކަތްތެރިންނާއި ލިޔުންތެރިން އަދި އާޓިސްޓުން އެކި ޓެކް ކުންފުނިތަކާ ދެކޮޅަށް މި ފަހުން ކުރަމުންގެންދާ ތުހުމަތުތަކާއި އިދާރާ ތަކުގައި ޖައްސާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ފަހުގެ ދައުވާއެވެ. އޭއައި މޮޑެލްތަކުގެ ތަމްރީނުތަކަށް ގިނަ އަދަދެއްގެ ޑޭޓާ ބޭނުން ވާއިރު، މިފަދަ މައްސަލަތަކުގެ ސަބަބުން ކޮޕީރައިޓާއި އިންޓެލެކްޗުއަލް ޕްރޮޕަޓީ ގާނޫނާ ހިލާފުވުންފަދަ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.