މިރޭ މަޣުރިބަށް ފަހު މާލެއާ 23 ރަށެއްގައި ޒަކާތާ ބެހޭ ހާއްސަ ދަރުސްތަކެއް

ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ޒަކާތަށް އާންމުން ހޭލުންތެރި ކުރުވުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޒަކާތު ހައުސް ވަނީ އުފައްދާފަ އެވެ.

އިސްލާމީ މަރުކަޒު: ހުކުރު ހުތުބާ ހާއްސަ ކުރީ ޒަކާތުގެ މައުލޫއަށް

މިރޭ މަޣުރިބަށް ފަހު މާލެއާ 23 ރަށެއްގައި ޒަކާތާ ބެހޭ ހާއްސަ ދަރުސްތަކެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީން އަބަދުވެސް ގެންދަނީ ސިލްސިލާ ގޮތެއްގައި މިސްކިތު ދަރުސްތައް ބާއްވަމުންނެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިރޭ މަޣުރިބަށް ފަހު މާލެއާ 23 ރަށެއްގައި ޒަކާތާ ބެހޭ ހާއްސަ ދަރުސްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މިވަގުތު އިލްމުވެރީން ތިއްބެވި ރަށްރަށެވެ.

ދަރުސް ދޭނީ "ޒާކާތުގެ މުހިންމުކަން" މި މައުލޫއަށެވެ. ދަރުސް އޮންނާނީ؛

  • 1.މާލެ
  • 2.ވިލިމާލެ
  • 3.ހުޅުމާލެ
  • 4.ހއ. އިހަވަންދޫ
  • 5.ހއ. ހޯރަފުށި
  • 6.ހއ. ކެލާ
  • 7.ހއ. މާރަންދޫ
  • 8.ހދ. ކުޅުދުއްފުށި
  • 9.ށ. ޅައިމަގު
  • 10.ށ. ފޯކައިދޫ
  • 11.ނ. މާފަރު
  • 12.ރ. ފައިނު
  • 13.ރ. ރަސްގެތީމު
  • 14.ރ. ހުޅުދުއްފާރު
  • 15.އއ. ތޮއްޑޫ
  • 16.އދ. ދަނގެތީ
  • 17.ދ. ކުޑަހުވަދޫ
  • 18.ގދ. ތިނަދޫ
  • 19.ޏ. ފުވައްމުލައް
  • 20.ސ. ހިތަދޫ
  • 21.ސ. ފޭދޫ
  • 22.ސ. ހުޅުދޫ
  • 23.ސ. މީދޫ

މިއަދުގެ ހުތުބާ ވެސް ހާއްސަ ކޮށްފައި ވަނީ "މުދަލު ޒަކާތް" މި މައުލޫއަށެވެ. ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ޒަކާތަށް އާންމުން ހޭލުންތެރި ކުރުވުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޒަކާތު ހައުސް ވަނީ އުފައްދާފަ އެވެ. މިިދިޔަ ހަފްތާ ގައި ވެސް ހުކުރު ހުތުބާ ހާއްސަ ކުރީ ޒަކާތާ ގުޅޭ މައުލޫއަކަށެވެ. "ފަރުލު ޒަކާތާއި އިގްތިސާދާހުރި ގުޅުން" މި މައުލޫއަށް މިދިޔަ ހަފްތާގެ ހުކުރު ދުވަހު މުޅި ރާއްޖޭގައި އިއްވި ހުތުބާގައި ބުނެފައި ވަނީ ޒަކާތްނެގުމާއި ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސަވާފައިވާ ކަމަށާ އެހެން ކަމުން ޒަކާތް ދެއްކުމުގެ ޝަރުތުތައް ފުރިހަމަވާ އެންމެހައި ފަރާތްތަކަށް ޒަކާތް ދެއްކުމަށް ގޮވާލާ ކަމަށެވެ.

"އަދި ހަމައެހެންމެ ޒަކާތާބެހޭ ޝަރުއީ އަދި އިދާރީކަންކަން އޮޅުން ފިލުވައި ނަފުސު ހޭލުންތެރިކުރުވުމަށް އެންމެތަކުންނަށް ގޮވާލަމެވެ،"

މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަ ކަމަށާ ބައެއް މީހުން ހީކުރާ ގޮތުގައި ރޯދަ މަހު ފިތުރު ޒަކާތް ދެއްކުމުން ފުދުނީ ކަމުގައި ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. އަދި އަނެއް ބަޔަކު ދެކޭގޮތުގައި ތިމާއަކީ ބޮޑު ވިޔަފާރިވެރިއަކަށް ނުވާތީ ތިމާ ޒަކާތް ދައްކަން ނުޖެހޭ ކަމާއި މުދަލުޒަކާތް ދައުލަތަށް ދެއްކުމަށް ދެކޮޅުހަދާ ބަޔަކު ވެސް އުޅޭ ކަމަށެވެ.

މިފަދަ މީހުން ޒަކާތުގެ ފައިސާ ދައުލަތާ ހަވާލުކުރުމުގެ ބަދަލުގައި ނިކަމެއްޗަކަށް ނުވަތަ ފަގީރަކަށް ދިނުމުން ފުދޭނެ ކަމަށް ދެކޭ ކަމަށް ބުނެ އެކަމާމެދު އިލްމުވެރީންގެ ބަސްފުޅު ހުތުބާގައި ވަނީ ގެންނަވާފައެވެ.

"އިލްމުވެރިން ވިދާޅުވާ ގޮތުގައި ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސަވާފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިއްމާއިން ބަރީއަވާނެ އެވެ. ތާބިއީ ބޭކަލެއް ކަމުގައިވާ އިބްރާހީމުއްނަޚަޢީ ވިދާޅުވެފައިވެއެވެ. 'ވެރިމީހާ ޒަކާތް ނަގައިފިނަމަ، ފަހެ، ތިބާގެ ކިބައިން އެކަމުގެ ޒިއްމާ ކެނޑިގެން ހިނގައްޖެއެވެ."

ހުތުބާގައި ބުނެފައި ވަނީ ފިގުހުވެރިން ވިދާޅުވާ ގޮތުގައި އޭގެ ސަބަބަކީ ޒަކާތުގެ ހައްގުވެރިން ކަނޑައެޅުމުގެ ޝަރުއީ އުސޫލުތަކާއި އެއުރެންގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ ދައުލަތަށް ނުވަތަ ދައުލަތުން ކަނޑައަޅާފައިވާ އިދާރާއަށް ކަމުގައިވާތީ ކަމަށް ވެެސް ހުތުބާގައި ވަނީ ބުނެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.