ހަ މަސް ތެރޭ ގޯތި ދޫކުރަން ލާޒިމް ކުރާ ބިލް ތަސްދީގެއް ނުކުރެއްވި، އަލުން މަޖިލީހަށް

މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމުން މި އިސްލާހު ހުށައަޅާ ފާސްކުރި ނަމަވެސް އެމްޑީޕީގެ ސަރުކާރުން ގޯތި ދީފައި ވަނީ ނުވެސް ހިއްކާ ތަންތަނުންނެވެ. ގިނަ ބިން ހިއްކަމުން ދަނީ މި ސަރުކާރުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރައީސް އޮފީހުގައި އޮތްބައްދަލްވުމެއް ގައި ބައިވެރިވެވަޑައިގަންނަވަނީ

ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރާތާ ހަ މަސް ތެރޭގައި ގޯތީގެ ރަޖިސްޓްރީ ދޫކުރަން ޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކުރައްވާ އަލުން މަޖިލީހަށް ފޮނުވާލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެންމެ ބުނީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލާއި މެދު އަލުން ވިސްނާވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެން މި ބިލު ތަސްދީގު ނުކުރައްވާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާލާފައިވާ ކަމަށެވެ.

މި ބިލަކީ އޭޕްރީލް 29 ވި ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާ އިން ފާސްކޮށް މެއި ދޭއް ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ތަސްދީގު ކުރެއްވުމަށް އެދި ފޮނުއްވާފައިވާ ބިލެކެވެ.

ބިމާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ. އެ އިސްލާހު ގައި ބަޔާންކޮށްފައި ވަނީ ގޯތި ލިބޭ ދާއިމީ ލިސްޓު ގެޒެޓްކުރާތާ ގިނަވެގެން ހަ މަސް ތެރޭގައި ގޯތި ލިބުނު މީހުންނަށް ކަމާ ގުޅޭ އިދާރާއިން ގޯތި ހަވާލުކުރަން ޖެހޭނެ ކަމަށެވެ.

މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމުން މި އިސްލާހު ހުށައަޅާ ފާސްކުރި ނަމަވެސް އެމްޑީޕީގެ ސަރުކާރުން ގޯތި ދީފައި ވަނީ ނުވެސް ހިއްކާ ތަންތަނުންނެވެ. ގިނަ ބިން ހިއްކަމުން ދަނީ މި ސަރުކާރުންނެވެ. ގާނޫނު ބުނާ ގޮތުން އެމީހުންނަށް ގޯތީގެ ރަޖިސްޓްރީ ދެވޭނީ އެތަންތަން ހިއްކާ ނިމުމުންނެވެ. ނަމަވެސް، އެމީހުންނަށް ގޯތި ލިބިފައިވާކަން އެނގޭ ވަގުތީ ލިޔުން ހަވާލު ކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.