އެމްޑީޕީ އިރާލާ ދެ އިންތިހާބުން ބަލި ކުރުވީ ނަޝީދު: މާޒް ސަލީމް

"ބަޔަކު ކުރިން ހީކުރީ [ރައީސް ނަޝީދު] ބޭފުޅާތީ ޑިމޮކްރެސީގެ ބަފާ ކަމަށް. އެކަމު އެބަޔަކަށް ވެސް ބޭފުޅާތީ ހުދުމުހުތާރު އަދި އަމިއްލަ އެދުމުން ފޯވެފައި ހުންނެވި ބޭފުޅެއްކަން މިހާރު އެނގިއްޖެ،"

މާޒް އަހްމަދު ސަލީމް (ކ) ރައީސް މުހައްމަދު ނަޝީދު (ވ)

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންްތިހާބުން އެމްޑީޕީ ބަލި ކުރުވުމާއި އެ ޕާޓީ އިރާލުމަކީ އެއީ ސީދާ ރައީސް މުހައްމަދު ނަޝީދު ކުރެއްވެވި ކަމެއް ކަމަށް އެމްޑީޕީގެ ޓިކެޓް ގައި މަޖިލީސް އިންތިހާބު ގައި ވާދަކުރެއްވި މާޒް އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންްތިހާބުން އެމްޑީޕީ ބަލިވީ އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ވީ ވައުދު ނުފުއްދުމުން ކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. ނަޝީދަށް އަބަދުވެސް ފާޑު ވިދާޅުވާ ސަލީމް ވިދާޅުވި ގޮތުގައި ނަޝީދަކީ ހުދުމުހުތާރު ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ އަމިއްލަ އެދުމުން ފޯވެފައި ހުރި ބޭފުޅެއް ކަން އެނގިއްޖެ ކަމަށް ވިދާޅުވި އެވެ.

"ބަޔަކު ކުރިން ހީކުރީ [ރައީސް ނަޝީދު] ބޭފުޅާތީ ޑިމޮކްރެސީގެ ބަފާ ކަމަށް. އެކަމު އެބަޔަކަށް ވެސް ބޭފުޅާތީ ހުދުމުހުތާރު އަދި އަމިއްލަ އެދުމުން ފޯވެފައި ހުންނެވި ބޭފުޅެއްކަން މިހާރު އެނގިއްޖެ،"

"ކޮންމެ މަލަކީ ވެސް ވަކި އުމުރެއް ވަންދެން ފޮޅި ބަގީޗާގަ އިނދެފާ މިލާ މޯޅިވާ އެއްޗެއްކަން ގަބޫލުކުރައްވާ،" ނަޝީދުގެ ސިޔާސީ ހަޔާތް ނިމިފައިވާ ކަމަށް އިޝާރާތް ކުރައްވާ ސަލީމް ވިދާޅުވި އެވެ.

އޭނާ ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރު ގައި 19 ވަނަ މަޖިލީހުގެ ރައީސްގެ މަގާމު ލިބިވަޑައިގަތުމުން ވެސް އަމިއްލަ އެދުން އިސް ކުރައްވާ މަސައްކަތް ކުރެއްވީ ގައުމުގެ ވެރިކަމުގެ ގޮނޑިއަށް ވަޑައިގަތުމަށް ކަމަށެވެ. އަދި މަޖިލީސް ތެރެއިން ރައީސް ސޯލިހްގެ ސަރުކާރަށް ޖެއްސުް ކުރެއްވި ކަމަށް ތުހުމަތު ކުރެއްވި އެވެ.

"މަޖިލީހުގެ ޗެއާ ލިބިވަޑައިގެން ނެވުމުން ވެސް ހިތް ފުރޭ ގޮތެއް ނުވި. ބޭނުންވީ ވަލިއްޔުލް އަމުރުގެ ގޮނޑި. މަނިކުފާނު ނޫން އެހެން ބޭފުޅަކު މި ގައުމުގަ ވެރިކަން ކުރާކަށް ބޭފުޅާ ނޭދޭ. މި ގައުމުގެ ވެރިކަން ކުރައްވަމުން ގެންދެވި ރައީސް އިބޫ އަށާއި ސަރުކާރަށް މަޖިލީސް ތެރެއިން ޖެއްސުންކޮށް އެންމެ ފަހުން ބޭފުޅާ އަށް ވެސް ނިސްބަތްވާ އަދި ބޭފުޅާ ސިޔާސީ މައިދާނުގައި ލިބުނު ހުރިހާ ކުރިއެރުމެއް ލިބުނު ޕާޓީ އާއި ޕާޓީގެ އާއްމު މެމްބަރުންނާ އެކީ އިރާ ކުދިކޮށްލީ ބޭފުޅާގެ މި ހުދުމުހުތާރު ކަމާއި އަމިއްލަ އެދުމުގައި ނޫންތޯ،"

އެވަރުން ވެސް ކަމުނުގޮސް ގެން ރައީސް ސޯލިހްގެ އިސްތަށިފުޅު ގައި ޒިނޭގެ ތުހުމަތު އަޅުއްވާ އަދި ބަރަހަނާ ފޮޓޯތަކެއް ފޯނުގައި ހުރި ކަމަށް ވިދާޅުވި ކަމަށާ އެ މައްސަލަތައް ބަލައިދިނުމަށް އޭނާ މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި ސްޕުރިމް ކޯޓަށް ހުށަހެޅުމުން ނަޝީދުގެ ފޯން މީހަކު ޖަހައިގަނެގެން ދިޔަ ކަމަށް ހެއްދެވި ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

"ނީވޭ ކަންފަތަކާއި ނުފެންނަ ލޮލެއް ހުންނަ ކަމަށް ހެދިގެން އުޅޭ މަދު ބަޔަކު ބޭފުޅާގެ ވާހަކަ މިއަދު ގަބޫލު ކުރާނީ. ބޭފުޅާގެ ސިޔާސީ ހަޔާތް ފުނޑު ވެގެން ދިޔައީމާ ބޭފުޅާ ތިޔަ ހިސާބަށް ގެންގޮސް ދެއްވި ބޭފުޅުންގެ ސިޔާސީ ހަޔާތް ވެސް ކަތިލައްވާ ލެއްވީ. މިފަހަރު އެތަން އެ ފެނިގެން ދިޔައީ މަޖިލިސް އިންތިހާބު ގައި. މިއެންމެނަށް ސިޔާސީ ގޮތުން ލަނޑު ދެއްވާފަ މިހާރު ތިޔަ އުޅުއްވަނީ ބޭރު ގައުމެއްގައި،" ހެންވޭރު ހުޅަނގު ދާއިރާއަށް އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރައްވާ ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލާން ޖެހިވަޑައިގެން ސަލީމް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ސިޔާސީ މައިދާނު ގައި ރައީސް ނަޝީދަށް ވުރެ ގިނަ ވޯޓް ރައީސް ސޯލިހް ހޯއްދަވާ ދިވެހި ރައްޔިތުންނަށް އަނިޔާވެރި ނުވެ ކުޑަ އަދި ބޮޑުރަށެއް ނުބަލާ ހިދުމަތް ދެއްވި ކަމަށެވެ. ރާއްޖޭގެ ވެރިކަމުގަ ފަސް އަހަރު ހަމަކޮށްދެއްވި ކަމަށާ އެހެން ކަމުން ނަޝީދަށް ވުރެ ރަނގަޅު ރިޕޯޓެއް އޮތީ ރައީސް ސޯލިހްގެ އަތްޕުޅުގައި ކަމަށް ވިދާޅުވި އެވެ.

"ތިޔަ ގޮތައް އައްޗިކޮށް ނޫޅުއްވާ، ޕާޓީގެ އާއްމު މެމްބަރުން އިރާނުލެއްވެވިނަމަ އަދިވެސް އެމްޑީޕީ އޮތީހީ ވެރިކަމު ގައި. އެހެންވެގެން ބޭފުޅާއަށް އެތަން ބައްލަވަން ކެރިވަޑައި ނުގަންނަވާނެތީ އަމިއްލަ އަތްޕުޅުން އެމްޑީޕީ އާއި ޕާޓީގެ އާއްމުމެންބަރުން އިރާލާ ކަތިލެއްވެވީ. ބޭފުޅާ ނެތަސް އެމްޑީޕީ އޭގެ ޒާތުގައި ދެމި އޮންނާނެ ކަން ގަބޫލުކުރައްވާ،" ސަލީމް ވިދާޅުވި އެވެ.

އެމްޑީޕީއާ ވަރަށް ދެކޮޅު ބޭފުޅެއްގެ ގޮތުގައި ހުންނެވި ސަލީމް، އެމްޑީޕީއާ ގުޅިވަޑައިގަތީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ގައެވެ. ފުރަތަމަ ބުރު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިންމޭޓަކަށް ހުންނަވާ ކުރީން ދެއްކެވި ހުރިހާ ވާހަކައެއް ބަދަލު ކުރައްވާ ކުއްލި ގޮތަކަށް އެމްޑީޕީގެ ޕޯޑިއަމަށް ވަޑައިގެން ރައީސް ސޯލިހަށް ސަނާ ވިދާޅުވެ ޕާޓީއާ ގުޅިވަޑައިގަތީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.