ރާއްޖޭގައި ކެންސަރު ބަލި ގިނަވާތީ ދިރާސާއެއް ކުރަނީ

ހެލްތު މިނިސްޓަރު ހަލީލް ވިދާޅުވީ ކެންސަރު ބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތައް ގިނަވާތީ ސަބަބު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

ސިއްހީ ހިދުމަތްތެރިންތަކެއް އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނީ: ރާއްޖެއަކީ އާބާދީގެ ނިސްބަތުން ގައިންގަޔަށް ނާރާ ބަލިތައް އެންމެ ގިނަ ގައުމުކަމަށް ހެލްތު މިނިސްޓަރު މިއަދު ވިދާޅުވި -- އޭއީއެޗް

ރާއްޖޭގައި ކެންސަރު ފަދަ ގައިންގަޔަށް ނާރާ ބަލިތައް އިންތިހާއަށް އިތުރުވަމުން ދާތީ ހާއްސަ ދިރާސާއެއް ކުރުމަށް ނިންމައިފި އެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ރާއްޖެއަކީ އާބާދީގެ ނިސްބަތުން އެންމެ ގައިންގަޔަށް ނާރާ ބަލިތައް ގިނަ ގައުމު ކަމަށެވެ. ކޮންމެ އަހަރަކު ވެސް އެފަދަ ބަލިތައް އާދަޔާ ހިލާފަށް އިތުރުވާކަން ވެސް މިނިސްޓަރު ހަލީލް ފާހަގަ ކުރެއްވި އެވެ. 

"ރާއްޖެ ވާނެ އާބާދީގެ ނިސްބަތުން ނޮން ކޮމިއުނިކެބަލް ޑިޒީސެސް އެންމެ [ގިނަ] ގައުމަކަށް. އަޅުގަނޑުމެން މިހާރު ވާނީ ޑަބްލިއުއެޗްއޯގެ އެހީތެރި ކަމަށް ވެސް އެދިފައި އެކަމުގައި ދިރާސާތަކެއް ކޮށްދިނުމަށް" މިނިސްޓަރު ހަލީލް ވިދާޅުވި އެވެ. 

އެ ދިރާސާއަށް ބޭނުންވާ މާލީ ކަންކަން ހަމަޖެހުނުހާ އަވަހަކަށް، ދިރާސާގެ މަސައްކަތް ފަށާނެ ކަމަށް ވެސް މިނިސްޓަރު ހަލީލް ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިވަގުތު ކެންސަރު ބައްޔަށް ދެވޭ ފަރުވާ ހަރުދަނާ ކުރަން ކުރާ މަސައްކަތްތަކަކީ، މިހާރު ގާއިމް ކުރެވިފައި ހުރި ފަރުވާގެ އެކި ވަސީލަތްތައް ކުރިއެރުވުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ކެންސަރުގެ ފަރުވާއަށް އެކި ނިޒާމުތައް ގާއިމް ކުރުމުގެ ބަދަލުގައި، ރާއްޖެއިން ބޭރަށް ބަލިމީހުން ފޮނުވައިގެން ފަރުވާ ހޯދުމަކީ އެންމެ ރަނގަޅުގޮތް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

މި ސަރުކާރުން އަންނަނީ މާލެ ސަރަހައްދުގައި ކެންސަރު ހޮސްޕިޓަލެއް ގާއިމް ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.