މުދަލުގެ އަގަށް ބަދަލު ނުގެނެސް މޯލްޑިވް ގޭހަށް 30 އިންސައްތައިގެ ކުރިއެރުން

އެސްޓީއޯގެ ސަބްސިޑަރީ މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ވިދާޅުވި ގޮތުގައި ކުރިއެރުން ހޯދުނީ މުވައްޒަފުންގެ މަސައްކަތުންނެވެ.

މޯލްޑިވް ގޭސްގެ އެމްޑީ އަބްދުﷲ މުހައްމަދު (މ): އެކުންފުންޏަށް ފާއިތުވި ހަމަހުގެ ތެރޭގައި 30 ޕަސެންޓްގެ ކުރިއެރުން ލިބުނު

މުދަލުގެ އަގަށް ބަދަލު ނުގެނެސް މިދިއަ ހަމަހެއްހާ ދުވަސް ތެރޭ މޯލްޑިވް ގޭސް އިން 30 ޕަސެންޓު ކުރިއެރުން ލިބިއްޖެ އެވެ. 

މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ މިފަދަ ކުރިއެރުމެއް ލިބުނީ ގޭސް ކުންފުނީގެ މުވައްޒަފުންގެ އިހުލާސްތެރި ހިދުމަތުގެ ސަބަބުން ކަމަށެވެ. 

މިދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި، އެ ކުންފުނިން ވިއްކާ މުދަލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް 30 ޕަސެންޓްގެ ކުރިއެރުން ލިބުނު ކަމަށް އަބްދުﷲ ވިދާޅުވި އެވެ. 

މޯލްޑިވް ގޭހަކީ އެންމެ ގިނަ ބަޔަކު ކައްކާ ގޭހުގެ ހިދުމަތް ހޯދަމުން އަންނަ ސަރުކާރުގެ ކުންފުންޏެކެވެ. މޯލްޑިވް ގޭހުގެ އިތުރުން ދެން އެ ހިދުމަތް ދެމުން އަންނަނީ އަމިއްލަ "ވިލާ ހަކަތަ" އިންނެވެ. 

އެ ކުންފުނިން ވިއްކާ މުދަލުގެ ތެރޭގައި ހީލިއަމް ގޭހައި، އޭސީ ގޭސް އަދި ރެސްޓޯރެންޓު / ކެފޭ ފަދަ ތަންތަނަށް ބޭނުންވާ ބޮޑެތި ކައްކާ ގޭސް ސިލިންޑަރުން ފެށިގެން، ކުދި ފަސް ކިލޯގެ ގޭސްފުޅި ވެސް ހިމެނެ އެވެ. މާލެ ސަރަހައްދަށް ދެމުން އަންނަ ހިދުމަތުގެ އިތުރުން، އަތޮޅު ތެރޭގެ ވިޔަފާރިތަކާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ކައްކާ ގޭސް ފޯރުކޮށްދިނުމުގެ ހިދުމަތް މޯލްޑިވް ގޭހުން ފޯރުކޮށްދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.