ރާއްޖެ-ޔޫކޭ ވިޔަފާރި ފުޅާކުރަން މަޝްވަރާ ކޮށްފި

އެ ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ-އިނގިރޭސިވިލާތުން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަަމަށެވެ.

ރާއްޖެއާ އިނގިރޭސިވިލާތުން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާ ވަނީ ކޮށްފައި

ރާއްޖެއާ އިނގިރޭސިވިލާތުން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި އެވެ.

ކޮމަންވެލްތުގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ރައުންޑްޓޭބަލްގައި ބައިވެރިވެވަޑައިގަތުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިހާރު އިނގިރޭސިވިލާތައް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރު ވަނީ އެގައުމުގެ ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގްރެގް ހޭންޑްސްއާ ބައްދަލު ކުރައްވާ ފައެވެ.

އެ ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ-އިނގިރޭސިވިލާތުން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަަމަށެވެ. އަދި ރާއްޖޭގެ ފައިނޭންޝަލް ސާވިސް އިންޑްސްޓްރީ ތަރައްގީ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަަމަށެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި އިންފްރާސްޓްރަކްޗާ ޒަމާނީކުރުމާއި، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް އުފެއްދުމަށް ޒަމާނީ، ސްޓްރެޓެޖީއާއި، އޮޕަރޭޝަންސް ފްރޭމްވޯކެއް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ. ދަތުރުފުޅުގެ ތެރެއިން އިނގިރޭސި ސަރުކާރުގެ ވެރިންނާއި މާލީ މާހިރުންނާ ބައްދަލުކުރައްވާނެ އެވެ.

ސަރުކާރުން ދަނީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ކުންފުންޏެއް އުފައްދައި އެއް އިގްތިސޯދެއްގެ މައްޗަށް ރާއްޖެ ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނަން މަސައްކަތް ފައްޓަވާފަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.