ޝަރަފެއް؛ އޮލިމްޕިކްސް އަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތުލީޓަކަށް ދީމާ

ރާއްޖޭގައި ޓީޓީ ތަރި ވެގެން ދާނީ އޮލިމްޕިކްސް އަށް ކޮލިފައިވެ ގައުމު ތަމްސީލު ކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ދިވެހި ކުޅިވަރު ތާރީހު ގައި އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ އެތުލީޓަކަށް ރާއްޖޭގެ ޒުވާން އެތުލީޓް -- ފާތިމަތު ދީމާ އަލީ ވެއްޖެ އެވެ. 

ދީމާ މި ޝަރަފު ހޯދީ ނޭޕާލުގައި އޮތް ދެކުނު އޭޝިއާ ކޮލިފިކޭޝަންގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. ރާއްޖޭގައި ޓީޓީ ތަރި ވެގެން ދާނީ އޮލިމްޕިކްސް އަށް ކޮލިފައިވެ ގައުމު ތަމްސީލު ކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މީގެ ކުރީން ރާއްޖެ އިން ވާދަކޮށްފައި ވަނީ ކޮލިފައި ނުވާ ގައުމުތަކަށް ލިބޭ ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއް ގައެވެ.

ދެކުނު އޭޝިއާ ކޮލިފިކޭޝަންގެ ސިންގަލްސް ޗެމްޕިއަންކަން ދީމާ ހޯދީ ލަންކާގެ ކުޅުންތެރިއަކާ ވާދަކޮށެވެ. ލަންކާގެ ބިމަންދީ ބަންޑަރާއާ ދެކޮޅަށް މިއަދު ކުޅުނު މެޗު 4-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ދީމާ ވަނީ ކާމިޔާބު ކޮށް ފައެވެ.

ދީމާ ވެފައި ވަނީ ރާއްޖޭގެ އެއް ނަންބަރު ޓީޓީ ކުޅުންތެރިޔާ އަށެވެ. އުމުރުން 16 އަހަރުގެ ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް އަަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދުމުގެ އިތުރުން 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ތިން ރަން މެޑަލް ވެސް ހޯދާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.