ބަޖެޓުގެ 800 މިލިއަންގެ އަމާޒެއް، ބްލޫ ކާބަން ވިއްކޭތޯ ބަލަން ސޮޔެއް

މިކަން ކުރާ ގޮތަކީ ކުޅިތަކާއި މޫދު ވިނަ ހުރި ކަނޑުގެ ސަރަހައްދުތައް ހިމާޔަތް ކޮށްގެން ނުވަތަ އެ ސަރަހައްދުތައް އިޔާދަކޮށް އެ ތަންތަނުން ކާބަން ރައްކާ ކުރާ މިންވަރު ހިސާބު ކުރުމަށް ފަހު "ކާބަން ކްރެޑިޓްސް" ދުނިޔޭގެ ބާޒާރުގައި ވިއްކުމެވެ.

ފިނޭންސް މިނިސްޓަރު ޑރ. ޝަފީގު ސޮއި ކުރެއްވުމަށްފަ ހު އެއްބަސްވުން ބަދަލު ކުރައްވަނީ -- ފިނޭންސް

ރާއްޖޭގެ ކަނޑުތަކުންނާއި މޫދު ވިނަތައް ހުންނަ ސަރަހައްދުތަކުން އުފައްދާ ކާބަން ކްރެޑިޓްސް ބޭރަށް ވިއްކޭނެތޯ ބަލަން، އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފި އެވެ.

މި އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. އައިޓީއެފްސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ހާނީ ސަލީމް ސޮންބޮލް އެވެ.

ފެހި ހަކަތަ، 800 މިލިއަން ހޯދުމުގެ އަމާޒެއް

ކާބަން ކްރެޑިޓު ވިއްކައިގެން ދައުލަތަށް އާމްދަނީ ހޯދުމަކީ ފިނޭންސް މިނިސްޓްރީން ނެރެފައިވާ 2024-2026 ގެ ގެ ފިސްކަލް ސްޓްރެޓީގެ އާމްދަނީ އިތުރު ކުރަން ހުށަހަޅާފައިވާ އާ ކަންތައްތަކުގައި ހިމެނޭ ކަމެކެވެ. ފިނޭންސުން ވަނީ ކާބަން ކްރެޑިޓު ވިއްކަައިގެން އާމްދަނީއަށް 863.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފަ އެވެ. މިއީ ބޭރަށް ފެހި ހަކަތަ ވިއްކައިގެން އާމްދަނީ ހޯދަން ސަރުކާރުން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

ކާބަން ކްރެޑިޓް ވިއްކުން - މި ކަމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި އާމްދަނީ ހޯދުމަށް ބޭނުން ކުރާ ވަސީލަތެކެވެ. އަދި މިކަމަކީ ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ހިމާޔަތްވެފައިވާ ގައުމުތަކުގައި ކުރެވިދާނެ ކަމެއްގެ ގޮތުގައި ދިރާސާތަކުން ދައްކަ އެވެ. މިކަން ކުރާ ކުޅިތަކާއި މޫދުވިނަ ހުރި ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކޮށްގެން ނުވަތަ އެ ސަރަހައްދުތައް އިޔާދަކޮށްގެން، މި ތަންތަނުން ކާބަން ރައްކާކުރާ މިންވަރު ހިސާބުކުރުމަށް ފަހު "ކާބަން ކްރެޑިޓްސް" ދުނިޔޭގެ ބާޒާރުގައި ވިއްކުމެވެ. 

ގަންނާނީ ކޮން ބައެއް؟

ކާބަން ކްރެޑިޓު ގަންނަނީ ކާބަން އެމިޝަންސް ނުވަތަ ޖައްވަށް ގިނައިން ވިހަ ގޭސްތައް ދޫކުރާ ކުންފުނިތަކުން، ރެގިއުލޭޓަރުންގެ މިންގަނޑުތަކާ އެއް ހަމައަށް އެމިޝަންސް ތިރިކުރުމަށެވެ. މި ބާވަތުގެ ހަކަތަ ކުންފުނިތަކެކޭ އެއްގޮތަށް، ކާބަން އެމިޝަން މަތި ގައުމު ތަކުންވެސް ގަންނާނެ އެވެ. 

އައިޓީއެފްސީ - އައިޓީއެފްސީއިން ފުރަތަމަ ނުރަސްމީކޮށް އެހީދިނީ 2004 ގެ ސުނާމީއާ ގުޅިގެންނެވެ. އަދި ރަސްމީކޮށް އިން ރާއްޖެއަށް 2005 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެހީދީފައިވެ އެވެ. މި ޖަމިއްޔާގެ ރަސްމީ މެންބަރަކަށް ރާއްޖެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. އެ ޖަމިއްޔާއިން 10 ފަހަރެއްގެ މަތިން ޓްރޭޑް ފައިނޭންސިން ރާއްޖެއަށް ދީފައިވެ އެވެ. އެ ޖަމިއްޔާއަކީ ރާއްޖެއަށް ކޮވިޑް ބަލިމަޑުކަމާ ގުޅިގެން އެސްޓީއޯއަށް ކާބޯތަކެއްޗާއި ސިއްހީ ދާއިރާއަށް ބޭނުންވާ އެކި އާލާތްތައް ގަތުމަށް 15 މިލިއަން ޑޮލަރުގެ ޓްރޭޑް ފެސިލިޓީ ދިން ޖަމިއްޔާ އެކެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ލިބުނު މާލީ ގެއްލުންތަކުން އަރައިގަތުމަށް ބީއެމްއެލް މެދުވެރިކޮށް ލިބުނު ފަސް މިލިއަން ޑޮލަރުގެ އެހީވެސް ދީފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.