ރާއްޖޭގެ މާލީ ބާޒާރު ވަރުގަދަ ކުރަން އިނގިރޭސިންގެ އެހީ ހޯދަނީ

އިނގިރޭސިވިލާތަށް މިނިސްޓަރު ސައީދު ކުރައްވާ ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި މާލީ ބާޒާރު ތަނަވަސްކޮށް، ޑިވޮލޮޕްމަންޓު ބޭންކު ގާއިމްކުރުމުގައި އެހީތެރިކަން ހޯދުމެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ރާއްޖޭގެ މާލީ ބާޒާރެއް ގާއިމްކޮށް ފައިނޭންޝަލް ސެންޓަރު ހަދަން އިނގިރޭސިވިލާތުގެ ފަންނީ އެހީ ހޯދަން މަޝްވަރާކޮށްފި އެވެ. 

ކޮމަންވެލްތުގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ރައުންޑްޓޭބަލްގައި ބައިވެރިވެވަޑައިގަތުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިހާރު އިނގިރޭސިވިލާތައް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ކޮމަންވެލްތު ގައުމުތަކުގެ މާލީ ކަންކަމާބެހޭ މުހިންމު ބައްދަލުވުމެއްގައި ބައިވެރިވަޑައިގަންނާވެ އެވެ. 

މިނިސްޓަރު ސައީދުގެ މި ދަތުރުފޫޅުގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އިގްތިދާއި އުމްރާނީ ތަރައްގީ ކުރިއެރުވުމަށް، ދިވެހި މާލީ ބާޒާރު ތަނަވަސްކުރުމުގައި އިނގިރޭސިވިލާތުގެ މާލީ ދާއިރާގެ ބައިވެރިންގެ އެހީތެރިކަން ހޯދުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. 

އެ މިނިސްޓްރީން ބުނީ، މިނިސްޓަރުގެ މި ދަތުރުފުޅުގައި އެންމެ ބޮޑަށް މަޝްވަރާކުރައްވަނީ، ރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީއަކާއި ޑިވޮލޮޕްމަންޓު ބޭންކެއް ގާއިމްކުރުން ކަމަށެވެ. 

މިނިސްޓަރުގެ މި ދަތުރުފުޅުގައި އިންފްރާސްޓްރަކްޗާ ޒަމާނީކުރުމާއި، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް އުފެއްދުމަށް ޒަމާނީ، ސްޓްރެޓެޖީއާއި، އޮޕަރޭޝަންސް ފްރޭމްވޯކެއް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ.  ދަތުރުފުޅުގެ ތެރެއިން އިނގިރޭސި ސަރުކާރުގެ ވެރިންނާއި މާލީ މާހިރުންނާ ބައްދަލުކުރައްވާނެ އެވެ. 

ސަރުކާރުން ދަނީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ކުންފުންޏެއް އުފައްދައި އެއް އިގްތިސޯދެއްގެ މައްޗަށް ރާއްޖެ ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނަން މަސައްކަތް ފައްޓަވާފަ އެވެ.  

ކޮމެންޓް

1
450
ތަހުޒީބާ
4 months ago

މުޅި ދުނިޔެ އިރާލާ ފެލާލާ ހެދި ބައެއް އިނގިރޭސިންނަކީ. މިއުޅޭ ސިޔާސީ ބުރާންތިން ދޯ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.