މާލޭ ސްކޫލުތަކަށް އަލަށް ވަންނަން ބޭނުންވާ ކުދިންނަށް އިތުރު ފުރުސަތެއް

މާލޭގެ ސްކޫލުތަކަށް ކުދިން ވެއްދުމަށް ހުޅުވާލި މުއްދަތު ހަމަވީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އެޑިއުކޭޝަނުން ވަނީ އަލަށް އެންރޯލްވާން ބޭނުންވާ ކުދިންނަށް ލޭޓް އެޕްލިކޭޝަނެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމާފަ އެވެ.

ސްކޫލް ދަރިވަރުންތަކެއް: އަލަށް މާލޭ ސްކޫލުތަކަށް ވަންނަ ކުދިންނަށް އިތުރު ފުރުސަތެއް ދޭން މިނިސްޓްރީން ވަނީ ނިންމާފައި -- މި

މާލޭގައި ހިންގާ ސަރުކާރު ސްކޫލުތަކަށް އަލަށް ވަންނަން ބޭނުންވާ ކުދިންނަށް އިތުރު ފުރުސަތެއް ދޭން އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލަން ނިންމައިފި އެވެ.

މާލޭގެ ސްކޫލުތަކަށް ކުދިން ވެއްދުމަށް ހުޅުވާލި މުއްދަތު ހަމަވީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އެޑިއުކޭޝަނުން ވަނީ އަލަށް އެންރޯލްވާން ބޭނުންވާ ކުދިންނަށް ލޭޓް އެޕްލިކޭޝަނެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމާފަ އެވެ.

އިތުރު ފުރުސަތެއް ދޭނީ؛

  • 1.ސަރުކާރު ސްކޫލެއްގެ ފައުންޑޭޝަން ސްޓޭޖްގެ ކްލާހަކަށް ވައްދަން ބޭނުންވާ ދަރިވަރުން
  • 2.ގްރޭޑް 1 އަށް އަލަށް ވައްދަން ބޭނުންވާ ދަރިވަރުން
  • 3.ޕްރައިވެޓް ސްކޫލަކުން ސަރުކާރު ސްކޫލަކަށް ބަދަލުވާ ދަރިވަރުން
  • 4.ރާއްޖެއިން ބޭރު ގައުމެއްގައި އުޅެފައި ރާއްޖެ ބަދަލުވެ، ސަރުކާރު ސްކޫލަކަށް ވަންނަން ބޭނުންވާ ދަރިވަރުން

މިނިސްޓްރީން ބުނީ މާދަމާ ނުވަތަ މިމަހުގެ 15 އިން 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އެފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ކުރިން ހުޅުވާލި ފުރުސަތުގައި މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް ވަންނަން 2290 ފޯމު ވަނީ ހުށަހަޅާފަ އެވެ. އެހެން ގްރޭޑްތަކަށް ވަންނަން 1450 ފޯމު ހުށަހަޅާފައިވެ އެވެ. 

އަދި، އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސްކޫލްތަކަށް ބަދަލުވާން 790 ދަރިވަރުން ވަނީ އެދިފަ އެވެ. އަދި މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާ 660 ދަރިވަރުން ފޯމު ހުށަހަޅާފައިވެ އެވެ.

މިހިނގާ ބޮޑު ޗުއްޓީ ނިމުމަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.