ތިލަފުށިން ކުލީ ބިން މިލްކުރަން ބޭނުންވާ ފަރާތްތަކުން ސިޓީއެއް ހުށަހަޅަން އެދިއްޖެ

މިމަހުގެ ދެވަނަ ދުވަހު އެޗްޑީސީން ހުޅުވާޅާފައި ވަނީ ތިލަފުށީގެ އެއްވަނަ ފިޔަވަހިން 5،000 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑެތި ބިން ކުޔަށް ނަގާފައިވާ ފަރާތްތަކުން ބިން މިލްކު ކުރަން ބޭނުންވާނަމަ އެކަމަށް އެދުމަށެވެ.

ތިލަފުށި: ފުރަތަމަ ފިޔަވަހިން ކުއްޔަށް ނަގާފައިވާ ބިންތައް މިލްކު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި -- އެޗްޑީސީގެ ފޮޓޯއެއް

ތިލަފުށީގެ އެއްވަނަ ފިޔަވަހިން މިހާރު ކުއްޔަށް ދީފައިވާ ބިންތައް މިލްކު ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާއިރު އެކަމަށް އެދި ހުށަހަޅާނެ ގޮތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަދަލުކޮށްފި އެވެ.

ކުރީން އެޗްޑީސީ އިން އެދިފައި ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު އެޗްޑީސީގެ ސޭލްސް އީމެއިލަށް މެއިލް ކުރުމަށެވެ. ނަމަވެސް މިހާރު އެދިފައި ވަނީ ބިން މިލްކު ކޮށްދިނުމަށް އެދޭ ސިޓީއެއް، business@hdc.mv އަށް އީމެއިލް ކުރުމަށެވެ.

މިމަހުގެ ދެވަނަ ދުވަހު އެޗްޑީސީން ހުޅުވާޅާފައި ވަނީ ތިލަފުށީގެ އެއްވަނަ ފިޔަވަހިން 5،000 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑެތި ބިން ކުޔަށް ނަގާފައިވާ ފަރާތްތަކުން ބިން މިލްކު ކުރަން ބޭނުންވާނަމަ އެކަމަށް އެދުމަށެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ފުޅިއަށް ގޭސް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ.

އަދި ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން މިހާރު ކުރިއަށް ދާ ތިލަ-މާލެ ބްރިޖް މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެއެވެ.

އެޗްޑީސީ އިން ވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ބިން ވިއްކުމަށް ވެސް ހުޅުވާލާފަ އެވެ. އެފުރުސަތު ހުޅުވާލީ ހަމައެކަނި ދިވެހިންނަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.