"އަވައްޓެރިކަމުގެ ގުޅުން ދުވަހަކު ވެސް ނުކެނޑޭނެ"

ރާއްޖެއަށް އިޝާރާތް ކުރައްވާ ވިދާޅުވީ އުނދަގޫ ހާލަތްތައް ވެސް މެދުވެރިވި ނަމަވެސް އެ އުނދަގޫތަކާއި އެކުވެސް އެކުވެރިކަމާއި އަވައްޓެރިކަމުގެ ގުޅުން އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.

އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު

ރާއްޖެއާ ސްރީލަންކާ ފަދަ އަވަށްޓެރި ގައުމުތަކާއެކު އިންޑިއާއިން ގެންގުޅޭ އަވައްޓެރިކަމުގެ ގުޅުން ދުވަހަކު ވެސް ނުކެނޑޭނެ ކަމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޑރ. ޖައިޝަންކަރު ވިދާޅުވީ ޗައިނާއާއި އިންޑިއާގެ ވާދަވެރި ކަމުގެ ތެރެއިން ގައުމުތަކަށް އޭގެ ފައިދާ ނެގިދާނެ ކަމަށެވެ. އެކަމަކު އަބަދުވެސް އިންޑިއާއަކީ އަވައްޓެރި ގައުމުތަކާއި އެންމެ ގާތް ގުޅުމެއް ބާއްވާނެ ގައުމު ކަމަށެވެ. 

އެ ގޮތުން ސްރީލަންކާއަށް ކުރިމަތިވި އިގްތިސޯދީ ދަތި ހާލަތުން އެ ގައުމު ސަލާމަތް ކުރަން އެހީތެރިވުން ފާހަގަ ކުރައްވާ މިނިސްޓަރު ޖައިޝަންކަރު ވިދާޅުވީ އަވައްޓެރި ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހި ކުރަމުން ދާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖެއަށް އިޝާރާތް ކުރައްވާ ވިދާޅުވީ އުނދަގޫ ހާލަތްތައް ވެސް މެދުވެރިވި ނަމަވެސް އެ އުނދަގޫތަކާއި އެކުވެސް އެކުވެރިކަމާއި އަވައްޓެރިކަމުގެ ގުޅުން އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަވައްޓެރި ގައުމުތަކާއިމެދު އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް. ގުޅުންވެސް ވަރަށް ސާފު. މި ގުޅުން ދެމެހެއްޓުމަށް، އަދި އިންޑިއާއަކީ އެންމެ ގާތް ގުޅުން ބާއްވާ ގައުމުގެ ގޮތުގައި ބޭއްވުމަށް ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރާނަން" ޖައިޝަންކަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.