ތިން މަހު ގްރާފް: ރަށު ޓޫރިޒަމްގެ އާމްދަނީ 123 މިލިއަން ޑޮލަރު

އަހަރުގެ ފުރަތަމަ ތިން މަހު ގެސްޓްހައުސް ޓޫރިޒަމް އޮކިއުޕެންސީ ހުރީ 64 ޕަސެންޓުގަ އެވެ. ޓޫރިސްޓުން 818,515 ރޭ ގެސްޓްހައުސްތަކުގައި ތިބެފައިވެ އެވެ.

ހުވަދު އަތޮޅު ހޯޑެއްދޫއަށް ދިޔަ ޓޫރިސްޓަކަށް މަރުހަބާ ކިޔަނީ -- ހޯޑެއްދޫ ކައުންސިލް

މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖޭގެ ރަށްރަށުގައި ހިންގާ ގެސްޓްހައުސް ނުވަތަ ރަށު ޓޫރިޒަމަށް ލިބުނު އާމްދަނީ މަތިވެ، 123 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާ) އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އަބަދުވެސް އާއްމު ކުރަނީ ޓޫރިސްޓުން އައި އަދަދެވެ. ނަމަވެސް ޓޫރިޒަމަށް ލިބުނު އާމްދަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް "މިރާ" އިން ހިސާބު ކޮށްލާއިރު މިހާތަނަށް ރާއްޖޭގެ ގެސްޓްހައުސްތަކަށް އައި ޓޫރިސްޓުން މި އަހަރުގެ އެ ތަންތަނުގައި 818,515 ރޭ ވަނީ ހޭދަ ކޮށްފަ އެވެ. މިއީ ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް ހަރަދުކުރާ ނިސްބަތުން ބަލާނަމަ ގާތްގަނޑަކަށް 123 މިލިއަން ޑޮލަރެވެ. 

މިދިޔަ އަހަރަށް ބަލާނަމަ ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އެވްރެޖުކޮށް އެ ތަންތަނުގައި މަޑުކުރި ރޭގެ އަދަދު ހުރީ 663,968 ގަ އެވެ. އެހެންވެ ރޫމްރޭޓަށް އައިސްފައިވާ ބަދަލާ ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ގެސްޓްހައުސްތަކަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ ގާތްގަނޑަކަށް 99 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ) އެވެ. މި އަދަދުން ބަލާނަމަ މި އަހަރު އާމްދަނީ ވަނީ ގާތްގަނޑަކަށް ދެ ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވެ އެވެ

ތިން މަހު ރަށު ޓޫރިޒަމްގެ ތަފާސް ހިސާބު

  •  މި އަހަރު ބެޑްނައިޓްސް - 818,515 | މިދިޔަ އަހަރު 663,968
  •  މި އަހަރު އޮކިއުޕެންސީ - 64.4 ޕަސެންޓް | މިދިޔަ އަހަރު 50.8
  •  މި އަހަރު - ގެސްޓްހައުސް 833 | މިދިޔަ އަހަރު 886
  •  މި އަހަރު އެނދު - 14,001 - މިދިޔަ އަހަރު - 14,536

މި އަހަރުގެ މިހާތަނަށް ގެސްޓްހައުސްތަކުގެ ޖުމްލަ އޮކިއުޕެންސީ ހުރީ 64 ޕަސެންޓުގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކިއުޕެންސީ ހުރީ 50 ޕަސެންޓުގަ އެވެ. މިދިޔަ އަހަރު ރާއްޖޭގައި ޖުމްލަ 886 ގެސްޓްހައުސް ހުރިއިރު، މި އަހަރު ހުރީ 833 ގެސްޓްހައުސް އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ރާއްޖޭގައި ޖުމްލަ 14,001 އެނދު ހުއްޓެވެ. ނަމަވެސް މިދިޔަ އަހަރު ހުރީ 14,536 އެނދެވެ. 

ވޯލްޑް ބޭންކުން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން ރާއްޖޭގެ ޖީޑީޕީއަށް ދަނީ އަސަރު ކުރަމުންނެވެ. އެގޮތުން މި ވިޔަފާރީގެ ސަބަބުން ރާއްޖެ ރިސޯޓްތަކުގެ އާމްދަނީ ދަނީ ދައްވަމުންނެވެ. މިކަމުގެ ސަބަބުން އާއްމުންނަށް އަސަރު ކުރުން ގާތެވެ. މި މައްސަލާގައި ޓޫރިޒަމް ގިނަ ފަރާތްތަކުގެ ހިޔާލު ވަނީ ތަފާތު ވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.