ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ދިރާސާއެއް ހަދަނީ

ލާމަރުކަޒީ ޤާނޫނަށް ދިހަވަރަކަށް އިސްލާހު ގެނެސްފައިވާއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް 2 އިސްލާހެއް ގެނެސްފައިވެއެވެ.

ސިޓީސް، ލޯކަލް ގަވަމެންޓް، ޕަބްލިކް ވޯކްސް މިނިސްޓަރު، އާދަމް ޝަރީފް

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ދިރާސާއެއް ހެދުމުގެ މަސައްކަތް މިމަހު ފަށާނެ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަރީފް އިޝާރާތް ކުރައްވާ ދިރާސާ ކުރަނީ ގައުމީ ޔުނިވާސިޓީންނެވެ. އޭނާ ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނަށް މިހާތަނަށް ގިނަ އިސްލާހުތައް ގެނައި ދިރާސާ ނުކޮށް ކަމަށެވެ. އެކަމަކު ގާނޫނު ހަދަންޖެހޭނީ ދިރާސާކޮށް ނުކުންނާނެ ނަތީޖާތައް ދެނެގަތުމަށްފަހު ކަމަށެވެ. 

ލަމަރުކަޒީ ނިޒާމްގެ ތެރެއިން ކައުންސިލްތައް ބާރުވެރިކުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ރަށު ފަތުރުވެރިކަމުގެ ސިނާއަތުން ސަރުކާރަށް ދައްކާ ޓެކްސްއިން ވަކި ޕަސެންޓެއް އެ ރަށްރަށުގެ ކައުންސިލްތަކަށް ލިބޭގޮތަށް ޤާނޫނަށް އިސްލާހުގެނައުމަށް ގަސްދު ކުރައްވާކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ފަޅުރަށްތައް ކުއްޔަށް ދޫކުރާ މުއްދަތު 25 އަހަރަށް އިތުރުކޮށްދިނުމާއި ރަށްރަށަށް އަމްދަނީ ލިބޭގޮތަށް ކައުންސިލްތަކުން ކުރިއަށްގެންދާ ވިޔަފާރީގެ މަސައްކަތްތަކަށް ފަސޭހައިން ހުއްދަ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.