ހިރިގަލު މިސްކިތްތައް އިސެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމަނަން މަޝްވަރާކޮށްފި

އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި މިސްކިތްތަކާއި އާސާރީ އެހެނިހެން ބިނާ ހިމެނުމުގެ ކަންކަން ބަލަހައްޓަނީ އެ ޖަމާއަތުގެ އެއް ގުނަވަން ކަމަށްވާ އިސްލާމިކް ވޯލްޑް ހެރިޓޭޖް ކޮމިޓީންނެވެ.

ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން (އިސެސްކޯ) ގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމާބެހޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފި އެވެ.

އިސެސްކޯގެ ޑިރެކްޓަ ޖެނެރަލް ޑރ. ސާލިމް އަލްމާލިކާއެކު ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމާ ބެހޭ މުހިންމު މަޝްވަރާތަކެއް އޮތީ އަޒަރްބައިޖާނުގެ ވެރިރަށް ބަކޫގައެވެ. އެ ބައްދަލު ވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ. 

މިނިސްޓަރު ނަސީރު އަޒަރްބައިޖާނުގައި ހުންނެވި "ޝޫޝާ - ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024" ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށެވެ.

މި ދަތުރުފުޅުގެ ބޭނުމުގެ ތެރޭގައި ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް މަސައްކަތް ކުރުން ހިމެނެ އެވެ. 

އިސެސްކޯ ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ސާލިމް އަލްމާލިކް ވަނީ ރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ބައްލަވަން ޖެހޭ ބެއްލެވުންތައް ބެއްލެވުމާއެކު، އެކަމާ ގުޅިގެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. 

އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި މިސްކިތްތަކާއި އާސާރީ އެހެނިހެން ބިނާ ހިމެނުމުގެ ކަންކަން ބަލަހައްޓަނީ އެ ޖަމާއަތުގެ އެއް ގުނަވަން ކަމަށްވާ އިސްލާމިކް ވޯލްޑް ހެރިޓޭޖް ކޮމިޓީންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.