ބިދޭސީން ބޮޑު އަދަދުން ޑޮލަރު ބޭރު ކުރާ ދޮރުގައި ތަޅު އަޅުވައިފި

ބައެއް ބިދޭސީން ކުރިން ފުރާއިރު ތިން ހަތަރު ލައްކަ ޑޮލަރު ބޭރަށް ގެންދެ އެވެ. މިހާރު 10،000 ޑޮލަރަށްވުރެ ގިނައިން ބޭރުކުރާނަމަ ފުރިހަމައަށް އެ ޑިކްލެއާ ވުމުން ނޫނީ ދޫނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން ތަކެއް

ރާއްޖޭން ފުރާ ބައެއް ބިދޭސީން ބޮޑު އަދަދުން ޑޮލަރު ގެންދާ ކަމަށް ކުރިން ވާހަކަ ދެކެވެ އެވެ. އެކަމަކު އެކަން ހުއްޓުވިފައެއް ނެތެވެ. ނަމަވެސް މިގޮތަށް ބިދޭސީން ފުރާއިރު ބޮޑު އަދަދުތަކުން ނަގުދު ފައިސާ ހިފައިގެން ދާ ދޮރުތަކުގައި ތަޅު އަޅުވައި ހޯމްލޭންޑް ސެކިިއުރިޓީގެ އިސް ނެގުމާއެކު ބަންދު ކޮށްފި އެވެ. 

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުރިން ރާއްޖޭން ފުރާ މީހުން ކިތަންމެ ގިނަ އަދަދެއްގެ ޑޮލަރެއް ގެންދިޔަ ނަމަވެސް ހިފެހެއްޓޭ ގޮތަކަށް ނޯންނަ ކަމަށެވެ. އެހެންވެ ސޭލްސް ޕާސަންގެ ގޮތުގައި ރާއްޖެ އެތެރެވެ ބައެއް ބިދޭސީން ހަފުތާއަކު ދެތިން ދަތުރު ބޭރަށް ކުރާ ކަމަށާ މީގެ ދަތުރެއްގައި ދެ ތިން ލައްކަ ޑޮލަރު ބޭރު ކުރާ ކަމަށެވެ. 

"އަޅުގަނޑުމެން ހަވާލުވިއިރު ބިދޭސީން ރާއްޖެ އެތެރެ ވަނީ ލޭބަރެއްގެ ގޮތުގަ ނޫނީ ސޭލް މީހެއްގެ ގޮތުގައި. އެމީހާ ހަފުތާއަކު ބޭރުވާއިރު ތިން ލައްކަ ހަތަރު ލައްކަ ޑޮލަރު ބޭރު ކުރޭ. މި ހާލަތުގައި ކަންކަން އޮތީ. މިހާރު އެ ޑޮލަރު އަޅުގަނޑުމެން ހިފަހައްޓާނަން. ދިވެއްސަކު ވިޔަސް ބޭރު މީހަކު ވިޔަސް 10،000 ޑޮލަރަށްވުރެ މަތިން ޑޮލަރު ނޫނީ ދިވެހި ފައިސާ ވިޔަސް އެހެން ފައިސާއެއް ވިޔަސް ހިފައިގެން ބޭރަށްދާ ކަމަށްވާނަމަ ޑިކްލެއާ ކުރަން ޖެހޭނެ،" އިހުސާން ވިދާޅުވި އެވެ. 

އިހުސާން ވިދާޅުވީ ރާއްޖޭން ފައިސާ ބޭރު ކުރެވޭނީ ކޮންތާކުން ކިހިނެއް ލިބުނު އެއްޗެއްތޯ ޔަގީންވުމުން ކަމަށެވެ. 

"އަޅުގަނޑުމެން ބަލަން ގާނޫނީ އިމުގެ ތެރޭން ބަލާއިރު ހަމަޖެހޭ ވާހަކައެއްތޯ އެމީހާ ދައްކަނީ. އެ ޑިކްލަރޭޝަން ޔަގީން ވުމުން. އެހެންވެ މިހާރު އެގޮތަށް ނަގުދު ފައިސާ ބޭރު ކުރުން ގާތްގަނޑަކަށް މިވަނީ ހުއްޓިފައި،" އިހުސާން ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.