ގޮޓަބަޔަ ފިއްލަވަން މަގުފަހިކޮށް ދިނިން: ނަޝީދު

ގޮޓަބަޔަ ރާއްޖެ ވަޑައިގަތުމަށް އެކަމަށް މަގުފަހިކޮށް ދެއްވީ ރައީސް މުހައްމަދު ނަޝީދު ކަމަށް އޭރު ވެސް އަޑުތައް ފެތުރިފައިވެ އެވެ. އަދި އެއާޕޯޓުން ގޮޓަބަޔާއަށް ނަޝީދު މަރުހަބާ ދެންނެވި ކަމުގެ އަޑުތައް ވެސް ފެތުރުނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ --

މީގެ ދެ އަހަރު ކުރިން ސްރީލަންކާގެ އިގްތިސޯދު ހަލާކުވެ ގައުމު ފުން ވަޅުގަނޑަކަށް ވެއްޓުމާއި ނިޒާމްތައް އެކޮޅު ކޮޅުން ޖެހުމުގެ ސަބަބުން އުފެދުނު އާންމު ތަދުމަޑުކަމުގެ ސަބަބުން ރައްޔިތުން ރުޅި އައިސްގެން ފެށި މުޒާހަރާތަކަށް ބިރުން ޖާނުގެ ސަލާމަތަށް އެ ގައުމުގެ އޭރުގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ފިއްލެވުމަށް އެހީތެރިވެ ދެއްވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލަންކާއިން ފިއްލަވައިގެން ގޮޓަބަޔާ ވަޑައިގަތީ ރާއްޖެ އެވެ. ރާއްޖޭގައި މަޑުކުރެއްވުމަށް ފަހު ހިމާޔަތް ހޯއްދެވުމަށް ދެން ވަޑައިގަތީ ސިންގަޕޯރަށެވެ. މި ހާދިސާ ހިނގިއިރު ނަޝީދު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގަ އެވެ. 

ގޮޓަބަޔަ ރާއްޖެ ވަޑައިގަތުމަށް އެކަމަށް މަގުފަހިކޮށް ދެއްވީ ރައީސް މުހައްމަދު ނަޝީދު ކަމަށް އޭރު ވެސް އަޑުތައް ފެތުރިފައިވެ އެވެ. އަދި އެއާޕޯޓުން ގޮޓަބަޔާއަށް ނަޝީދު މަރުހަބާ ދެންނެވި ކަމުގެ އަޑުތައް ވެސް ފެތުރުނެވެ.

ނަމަވެސް ޖުލައި 13، 2022 ވަނަ ރޭ ދަންވަރުގެ ވަގުތެއްގައި ފިއްލަވައިގެން ގޮޓަބަޔަ ރާއްޖެ ވަޑައިގަތީ މަޖިލީހަށް ނާންގާ ކަމަށް އޭރު އެ އިދާރާއިން ބުނެފައި ވެއެވެ. 

ލަންކާގެ "ދި މޯނިން" ނޫހަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވަނީ އެކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. ނަޝީދު ވިދާޅުވީ "އަރަގަލަޔަ" މޫވްމެންޓުގެ ސަބަބުން ގޮޓަބަޔާގެ ފުރާނަފުޅަށް ނުރައްކާ އޮތުމުން އެ ގައުމުން ފިއްލެވުމަށް ދިވެހި ސަރުކާރު މެދުވެރިކޮށް އެމަނިކުފާނު މަގުފަހިކޮށް ދެއްވާފައިވާ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ލަންކާގެ ހާލަތު ރަނގަޅު ކުރުމަށްޓަކާ ކުރެވުނު އެންމެ ރަގަޅު ކަމަކީ ގޮޓަބަޔާ ފުރައިގެން ދިއުމަށް މަގުފަހި ކޮށްދިނުން. އަދި އިސްތިއުފާ ދެއްވުމުގެ ފުރުސަތާއެކު، ލަންކާއަށް އެހެން ގޮތެއް ހޯދުމުގެ ފުރުސަތު ހޯދައިދިނުން،" ނަޝީދު ވިދާޅުވި އެވެ.

އޭރު ލަންކާ އޮތް ހާލަތުގެ ސަބަބުން ގޮޓަބަޔާ އިސްތިއުފާ ދިނުމަށް ގޮވާލާ އެ ގައުމުގެ ރައްޔިތުން މުޒާހަރާތައް ކުރަމުން ދިޔަ ނަމަވެސް އެގައުމުގައި ހުންނަވައި އިސްތިއުފާ ދެއްވިނަމަ އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުންވެދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދު ވިދާޅުވީ ގޮޓަބަޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމުން އެމަނިކުފާނުގެ ގާތް ބައެއް ބޭފުޅުން ނުރުހުންވެވަޑައިގަތް ކަމަށެވެ. ނަމަވެސް މިހާރު އެކަން ފަސްދީ، ކަންކަން ހަމައަކަށް އެޅިފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

ގޮޓަބަޔާ ރާއްޖެ ވަޑައިގަތުމުން ދިވެހި ސަރުކާރުން އަމަލުކުރެއްވި ގޮތް ރަގަޅު ކަމަށް ވިދާޅުވެ އޭރު ނަޝީދު ޓްވީޓެއް ނުކުރެއްވުމުން ލަންކާ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. 

ފިލައްވައިގެން ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު ގޮޓާބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވީ ޖުލައި 15، 2022 ގަ އެވެ. ފިއްލަވައިގެން އުޅުއްވުމަށްފަހު ސެޕްޓެމްބަރު 3، 2022 ގައި އެނބުރި ގައުމަށް ވަނީ ވަޑައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.