ވެލިދޫ ކުނި މެނޭޖްކުރާ ސެންޓަރުގައި ރޯވެ ލިބުނު ގެއްލުން ތިން މިލިއަނަށް އަރާ

ވެލިދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހާދިސާގައި މީހަކަށް ގެއްލުން ނުވިނަމަވެސް، އިމާރާތުގެ ބޮޑު ބަޔަކާއި އިމާރާތުގައި ބޭނުންކުރަމުންދާ މެޝިންތަކަށް ގެއްލުންވެފައިވާ ކަމަށެވެ.

ވެލިދޫ ކުނި ކޮށީގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރަން އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން މަސައްކަތް ކުރަނީ --

ވެލިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ތިން މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ވެލިދޫ ކައުންސިލުން ބުނެފި އެވެ.

ވެލިދޫ ކުނިކޮށީގައި ރޯވީ އިއްޔެ މެންދުރު 12:30 ހާއިރު އެވެ. އަލިފާން ރޯވީ އެ އިމާރާތުގެނކުނި ބަހައްޓާ ސަރަހައްދުގައި ކަރަންޓު ޝޯޓެއް ވެގެން ކަމަށް ކައުންސިލުން ލަފާކޮށްފައިވެ އެވެ. އަލިފާން ރޯވާން ދިމާވި ސަބަބުން ކަށަވަރުކުރަން ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ވެލިދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހާދިސާގައި މީހަކަށް ގެއްލުން ނުވިނަމަވެސް، އިމާރާތުގެ ބޮޑު ބަޔަކާއި އިމާރާތުގައި ބޭނުންކުރަމުންދާ މެޝިންތަކަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި ފުޓުބޯޅަ ދަނޑުގައި ބޭނުންކުރަމުންދާ ޑްރެގް ބްރަޝް މެޝން ވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ މިލިބުނު ގެއްލުން ތިން މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

މިހާދިސާ ހިނގުމުން ކައުންސިލުން ވަނީ އަލިފާނުގެ ހާދިސާ ހިނގި ސެންޓަރުން ދޭ ހިދުމަތްތައް ކައުންސިލް އިމާރާތުން ލިބޭ ގޮތަށް ހަމަޖައްސާފަ އެވެ.

ވެލިދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރަކީ 2022 ވަނަ އަހަރު ގާއިމްކޮށްފައިވާ 13،000 އަކަފުޓޫގެ ތަނެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.