ޑޮމެއިން ނަންބަރު ދޫކުރުން ހުއްޓާލީ އުސޫލުގެ ބޭރުން އެތައް ޑޮމައިން ގެންގުޅުމާއި ފޭކް ޑޮމެއިން ނަންބަރު އަމިއްލައަށް ޖަހައިގެން އުޅުން ގިނަ ވެގެނެވެ.
ޑޮމެއިން ވިއްކަން ޕްލޭނެއް އެކުލަވާލާފައިވާ ކަަމަށާއި އެ ޕްލޭން އިއުލާނުކޮށް ބީލަން އުސޫލުން ކުރިޔަށް ގެންދަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅާޅުވީ "ސަންގު" ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅެއްގެ ތެރެއިން ރޭގަ އެވެ.
މައިގަނޑު ގޮތެއްގައި މިނިސްޓަރު އަމީން ރޭ ވިދާޅުވީ "މާ ލަސް ނުވެ ޑޮމެއިން ނަންބަރު ދޫކުރަން ފަށާނެ" ކަމަށެވެ. އަދި ވިދާޅުވީ "ޑޮމެއިން ވިއްކުމާ ގުޅޭ ރަނގަޅު ޕްލޭނެއް ސަރުކާރުން ހަދާފައިވާ" ކަަމަށެވެ.
މިނިސްޓަރު ވިދާޅުވީ ނަންބަރުތަކުގެ ވެރިފަރާތްތަކުގެ ޑޮކިއުމެންޓުތައް ވެރިފައިކޮށް، މިހާތަނަށް ހުއްޓާލާފައި އޮތް ޑޮމެއިން ދޫކުރުން ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ 1400 ޑޮމެއިން ނަންބަރުގެ ތެރެއިން ދެ ބައިކުޅަ އެއްބައި ނަންބަރުތަކަކީ ގަވާއިދާއި ހިލާފަށް ބޭނުން ކުރާ ނަންބަރުތައް ކަމަށާއި އެ ނަންބަރުތައް ގާނޫނީ އިމުގެ ތެރެއަށް ގެންދަން ފުރުސަތު ދެއްވާނެ ކަމަށެވެ.
ޑޮމެއިން ނަންބަރު ދޫކުރުން ހުއްޓާލީ އުސޫލުގެ ބޭރުން އެތައް ޑޮމައިން ގެންގުޅުމާއި ފޭކް ޑޮމެއިން ނަންބަރު އަމިއްލައަށް ޖަހައިގެން އުޅުން ގިނަ ވެގެނެވެ.