ހިމޭނަކުން ނުހުންނާނަން، ކަންބޮޑުވާ ކަންކަމުގައި އަޑު އުފުލާނެ: މާރިޔާ

އެމްޑީޕީގެ އެންމެ ވަރުގަދަ އަންހެން ސިޔާސީ ލީޑަރުގެ ގޮތުގައި ފާހަގަ ކުރެވޭ ކުރީގެ މިނިސްޓަރު މާރިޔާ ވިދާޅުވި ގޮތުގައި އެފަދަ ފާޑު ކިޔުންތަކަށް އެކަމަނާގެ ފަރުވާލެއް ނެތެވެ.

ކުރީގެ މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވާހަކަފުޅު ދައްކަވަނީ

ކަންބޮޑުވެވަޑައިގަންނަވާ ކަންކަމުގައި އަޑުއުފުލުއްވާނެ ކަމަށާ ބަޔަކަށް ފާޑުކީ ނަމަވެސް ހިމޭނުން ނުހުންނަވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މާލެ ސިޓީގެ މަގުތަކުގެ ހާލަތާމެދު ކަންބޮޑުވުން ފާޅު ކުރައްވާ ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. އެ ޕޯސްޓަށް ބައެއް މީހުން ވަނީ ފާޑުކިޔާ ފައެވެ. ވެރިކަމުގައި ތިއްބެވިއިރު އެކަންކަން ހައްލު ނުކުރީ ކީއްވެގެންތޯ ސުވާލުކޮށް ބައެއް މީހުން ވަރަށް ޒާތީ ކޮމެންޓްތަކުން ވެސް އެކަމަނާއަށް ފާޑު ކިޔާފައިވެ އެވެ.

އެމްޑީޕީގެ އެންމެ ވަރުގަދަ އަންހެން ސިޔާސީ ލީޑަރުގެ ގޮތުގައި ފާހަގަ ކުރެވޭ ކުރީގެ މިނިސްޓަރު މާރިޔާ ވިދާޅުވި ގޮތުގައި އެފަދަ ފާޑު ކިޔުންތަކަށް އެކަމަނާގެ ފަރުވާލެއް ނެތެވެ. އެކި ނަންނަމުން މުހާތަބުކޮށް ކުރާ ފުރައްސާރައަށް ނުބައްލަވާ ކަމަށް ވިދާޅުވި އެވެ.

ވިދާޅުވީ އެ ފާޑުކިޔުންތަކުން ހިމެން ނުކުރެއްވޭނެ ކަމަށާ ހިމޭނުން ނުހުންނަވާނެ ކަމަށެވެ. އަޑުއުފުލުއްވަނީ ކަންބޮޑުވާ ކަންކަމުގައި ކަމަށާ އެގޮތުގައި ދެމި ހުންނަވާނެ ކަަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުގައި ތިއްބަސް / ނެތަސް އެކަން އެގޮތުގައި އޮންނަނެ ކަމަށެވެ.

ކުރީގެ މިނިސްޓަރު މާރިޔާ އަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ވަރަށް ހާއްސަ ބޭފުޅެކެވެ. އެއީ ފުރަތަމަ އަންހެން ވަކީލެވެ. އަދި އެއީ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރެވެ. ސިޔާސީ މަސައްކަތު ގައި އަންހެނުން ބައިވެރިވުން އިތުރުވާން ފެށިއިރު އެ މަސައްކަތުގައި އެންމެ އިސްކޮށް / ކުރިއަށް ނިކުމެ ހުންނެވި ބޭފުޅަކީ ވެސް އެއީ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.