އަބްދުއްރަހީމްގެ ފަރާތްޕުޅުން މި ފަދަ ރައްދެއް ދެއްވި އިރު ރައީސް މުއިއްޒުގެ ކެބިނެޓާއި އެހެން ވެސް އިސް މަގާމުތަކާ ބެހޭ ގޮތުން ސުވާލު އުފައްދާ ތަފާތު ވާހަކަތައް އިދިކޮޅު ފަރާތްތަކުން ފަތުރަމުން ގެންދެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު އެ މަނިކުފާނުގެ ޓީމް އޮތީ ސާބިތު ކަމާއެކު ބަދަހިކޮށް ކަމަށާއި ދިވެހިން ގައުމައިގެން ކުރިޔަށް ދާނީ "މުއިއްޒު ދުވެލީ"ގައި ކަމަށް ސީނީއާ މިނިސްޓަރު / ސްޕެޝަލް އެޑްވައިޒާ ޓްދަ ޕްރެޒިޑެންޓް އަބްދުއްރަހީމް އަބްދުﷲ ވިދާޅު ވެއްޖެ އެވެ.
ރާއްޖޭން ބޭރުގައި ހުންނަވައި އެ މަނިކުފާނު މިއަދު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުން ދިޔަ އެވެ.
އަދި ވިދާޅުވީ އެގޮތަށް ދޮގުތައް ފަތުރަމުން ދަނިކޮށް އެ މަނިކުފާނަށް ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް އިންތިހާބުގައި ދިވެހީން ނުކުމެ ސާބިތު ކޮށްދިނުމުން އެކަން ބަލައި ނުގަނެވިގެން އެ މަނިކުފާނުގެ ޓީމު ރޫޅާލަން އިތުރަށް ފަތުރާ ދޮގު ހަބަރުތަކުން، އެ ފަރާތްތައް އިތުރަށް ފަލީހަތް ވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.
"އިންޝާالله އެ ފަދަ ހަބަރުތައް ފަތުރާ ފަރާތްތައް ފަލީހަތްވުން ނޫން އިތުރު ކަމެއް ހާސިލެއް ނުވާނެ. ރައީސް ޑރ. މުއިއްޒާއެކު ޓީމު އޮތީ ބަދަހިކޮށް. ދިވެހީން ދާނީ މުއިއްޒު ދުވެލީގައި ގައުމައިގެން ކުރިޔަށް" ރައްޔިޔުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ގޮނޑިއަށް އަލަށް އިންތިހާބުވެ ވަޑައިގެންފައިވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމްގެ ފަރާތްޕުޅުން މި ފަދަ ރައްދެއް ދެއްވި އިރު ރައީސް މުއިއްޒުގެ ކެބިނެޓާއި އެހެން ވެސް އިސް މަގާމުތަކާ ބެހޭ ގޮތުން ސުވާލު އުފައްދާ ތަފާތު ވާހަކަތައް އިދިކޮޅު ފަރާތްތަކުން ފަތުރަމުން ގެންދެ އެވެ.