މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު ސައުދީއަށް ކުރައްވަވާ ފުރަތަމަ ދަތުރުފުޅެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސައުދިއަރަބިއްޔާއަށް ވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުން ސައުދީއަށް ވަޑައިގެންނެވީ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ މެހެމާން ދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅެއްގައެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރްކަޒުގެ އިސް އިމާމު ޝައިހް މުހައްމަދު ލަތީފާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް މިނިސްޓަރު އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފާއި މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަބްދުﷲ ނާސީރު ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ އަރިހުގައި ވަޑައިގަންނަވާ ބޭފުޅުން ދަތުރުފުޅު ކުރެެއްވީ ސައުދީ ސަރުކާރުން ފޮނުއްވި ހާއްސަ މަތިންދާ ބޯޓެއްގައެވެ.
މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު ސައުދީއަށް ކުރައްވަވާ ފުރަތަމަ ދަތުރުފުޅެވެ. އެ ގައުމަަށް ފުރަމާނަ ދަތުރުފުޅެެއް އަދި ނުކުރައްވަވަ އެވެ. ވަރަށް އަވަހަށް އެ ދަތުރުފުޅު ކުރައްވާނެ ކަމަށް ބެލެވެ އެވެ.