މިނިސްޓަރު ފައިސަލް ވަނީ ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލްއާ މަލީހަށް ވެސް އޮތީ މިއަދުގެ ސިޔާސީ ހަގީގަތް ގަބޫލު ކުރުން ކަމަށް ވިދާޅުވެފައެވެ.
މޮޅެތި މީހުންނަކީ އަނެކާއަށް އިހްތިރާމު ކުރަން ދަންނަ މީހުން ކަމަށް ވިދާޅުވެ ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި މިނިސްޓަރު ފައިސަލް އިނގިރޭސިބަހުން ދެއްވި އިންޓަވިއުއަށް ބޮޑު ފާޑުކިޔުމެއް ވަނީ އަމާޒުވެފައެވެ. މަލީހް ވެސް ވަނީ ފައިސަލްއާ އޭނާގެ ބައްޕަ، އަބްދުއްރަހީމަށް ނިސްބަތް ކުރައްވާ މަލާމާތުގެ ޕޯސްޓެއް އެކްސް ގައި ކުރައްވާފައެވެ.
އެ ޕޯސްޓަށް ރައްދު ދެއްވާ މިނިސްޓަރު ފައިސަލް ވަނީ އޭނާ އަކީ އެންމެ މޮޅު މީހާ ކަމަށް ނުބުނާ ކަމަށާ މޮޅެތި މީހުންނަކީ އަނެކާއަށް އިހްތިރާމު ކުރަން ދަންނަ މީހުން ކަމަށް ވިދާޅުވެ މަލީހަށް ރައްދު ދެއްވާފައެވެ.
"ހުރިހާ ސަރުކާރެއްގެ މިނިސްޓަރު ކަމުގައި ވަކި މޮޅު ކަމެއް ކުރެވުނުތޯ،" މަލީހަށް އަމާޒު ކުރައްވާ ފައިސަލް ވިދާޅުވި އެެވެ.
މިނިސްޓަރު ފައިސަލް ވަނީ ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލްއާ މަލީހަށް ވެސް އޮތީ މިއަދުގެ ސިޔާސީ ހަގީގަތް ގަބޫލު ކުރުން ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެފަދަ ބަސްތަކާއި މަލާމާތާއި ފުރައްސާރައިން ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.