މި މަޝްރޫއުގެ ދަށުން 16 ރަށް ހިއްކަން ދިނީ 36،5 މިލިއަން ޑޮލަރަށެވެ. މި މަޝްރޫއަށް ހަރަދު ކުރާނީ އެޓޯލް ވޯކް ކުންފުނިންނެވެ.
މޯލްޑިވްސް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ގާފަރުފަޅުގައި ޓޫރިޒަމް މަޝްރޫއެއް ހިންގަން އެޓޯލް ވޯކްސް ކުންފުންޏަކަށް ދީފި އެވެ.
ކ. ގާފަރު ފަޅުގައި 16 ރަށް ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެޓޯލް ވަރކްސް ޕްރައިވެޓްއާ އެވެ. މި އެއްބަސްވުމުގައި ފަންޑު މެނޭޖުމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަޙްމަދު ނާޒިމް އަބޫބަކުރު (ހެރިންސް އަންމަޑޭ) އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެޓޯލްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ހެޔޮވަރު ރައުސުލްމާލެއް އޮތް ފަންޑު މެނޭޖުމަންޓް ކުންފުނިން ގާފަރު ފަޅުގައި ތަރައްގީ ކުރަން އެޓޯލްސް ކުންފުންޏަށް ހަވާލުކުރި ޓޫރިޒަމް މަޝްރޫއާ ބެހޭ ގޮތުން ބުނީ މި މަޝްރޫއުގެ ދަށުން ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑް އަދި ދެ ލަގްޒަރީ ރިސޯޓާއެކު ޖުމްލަ 16 ރަށް ހިއްކާނެ އެވެ. މި މަޝްރޫއުގެ ދަށުން ހިއްކާ ސަަރަހައްދުގެ ބޮޑު މިނުގައި ޖުމްލަ 106.91 ހެކްޓަރު (1،069،100 އަކަމީޓަރު) ހުންނާނެ އެވެ. މިއީ ގާފަރުފަޅުގައި މިގޮތަށް ހިންގާ އެންމެ ބިޔަ މަޝްރޫއެވެ.
ފަންޑު މެނޭޖުމަންޓުން ބުނީ މި އަދަދަކީ ރާއްޖޭގައި މި ވަގުތު ހިންގަމުންދާ ހިއްކުމުގެ މަޝްރޫއުތަކަށް ދާ ހަރަދަށްވުރެ ވަރަށް ބޮޑު ތަނުން ކުޑަ އަދަދެއް ކަމަށެވެ.
ގާފަރު ފަޅަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރިއަލްއެސްޓޭޓް ޓޫރިޒަމް ތަރައްގީ ކުރަން ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަނުން 2021 ވަނަ އަހަރު ކަނޑައެޅި ފަޅެކެވެ. މިތަނުގައި ރިސޯޓު ހެދުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެކަމަކު އެ ވެރިކަމުގައި ކަންވާ ގޮތް ނުވެ މުޅި މަޝްރޫއު ވަނީ ފެއިލްވެފަ އެވެ.
މި މަސައްކަތް ކުރަން ފަންޑު މެނޭޖުމަންޓާ ހަވާލުކުރީ ދައުލަތުގެ ބަޖެޓަށް ބުރަ ނުވާނެހެން ހިފެހެއްޓުމަށާއި މި މަސައްކަތުން ދައުލަތަށް އާމްދަނީ އިތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް، މި ވިޔަފާރި ހިންގަން ފެށުމުން 2022 ވަނަ އަހަރު އަހަރު އިންޓެރިމް ޑިވިޑެންޑް ޑިކްލެއާ ކުރުމަށް ރާވާފަ އެވެ. މިގޮތަށް ޑިވިޑެންޑްގެ ގޮތުގައި 231 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ބަޖެޓުގައި ވެސް ޖެހި އެވެ. އެކަމު އެކަމެއް ވެސް ނުވި އެވެ.
ގާފަރު ފަޅު ތަރައްގީ ކުރުމުގެ ކޮންސެޕްޗުއަލް މާސްޓާ ޕްލޭން އެ ކުންފުނިން ވަނީ ކުރިން ހަދާފަ އެވެ. މި މަޝްރޫއުއަކީ ދިވެހި ސަރުކާރުން އިސްނަގައިގެން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް، ދިގު މުއްދަތައް ކުއްޔަށް ދެވޭ އުސޫލުން، ވިއްކިގެންދާނެ ގޮތަށް ފަރުމާ ކުރެވިފައިވާ ފުރަތަމަ މަޝްރޫ އެވެ.
ކޮންޓްރެކްޓާ ފައިނޭންސިން މަޝްރޫއެއް - މި މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓާ ފައިނޭންސިން ނުވަތަ މަސައްކަތް ކުރާ ފަރާތުން އަމިއްލައަށް ފައިސާ ހޯދައިގެން ކުރާ ގޮތަށެވެ. އެހެންވެ ފަންޑު މެނޭޖުމަންޓުން އެޑްވާސްންސް ޕޭމަންޓްގެ ގޮތުގައި ފައިސާދޭކަށް ނުޖެހޭނެ އެވެ. އަދި މި މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މި މަސައްކަތަށް ދާ ހަރަދު ކޮންޓްރެކްޓަރަށް ދައްކަން ޖެހެނީރަށްތައް ހިއްކައި ނިންމާ އެ ރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން ވިއްކައި އާމްދަނީ ހޯދައިގެންނެވެ.
މި މަސައްކަތް ހަވާލުކުރި އެޓޯލް ވޯކްސް ކުންފުނި އުފެދިފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އަދި މި ކުންފުނިން އެއާޕޯޓް ތަރައްގީ ކުރުމާއި ކޮންޓްރަކްޝަންގެ މަސައްކަތުގެ ހުއްދަ ނަގާފައިވަނީ މި އަހަރުގެ މާރިޗު މަހު އެވެ. މި ކުންފުނީގެ އިސްވެރިންގެ ގޮތުގައި ތިއްބަވަނީ އަހުމަދު ލަތީފް އާއި ޝިފާން އަހުމަދު އަދި އަލީ ހަލީލް އެވެ. އަހުމަދު ލަތީފް އަކީ މި ކުންފުނީގެ އެމްޑީ އެވެ.