ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ނުބޭއްވުނު، ދެން އޮންނާނީ ދައުރުގެ ފަހު ޖަލްސާ

ދެން އޮންނާނީ 19 ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އެވެ. އެޖަލްސާ އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު އެވެ. އާ މަޖިލީހަށް އިންތިހާބުވި 93 މެންބަރުން ހުވާ ކުރާނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ބޭއްވޭ ގޮތް ވަނީ ނުވެފައި --

ރައްޔިތުންގެ މަޖިލީހުގެ މިއަދު ބާއްވަން އެޖެންޑާ ކުރި ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ޖަލްސާ ކެންސަލްކޮށްލައިފި އެވެ.

މިއަދުގެ ޖަލްސާ ފެށުމަށް 9:00 ގައި މަސައްކަތް ކުރި ނަމަވެސް ކޯރަމް ހަމަނުވާތީ 10:00 ގައި ޖަލްސާ ފަށަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމަވައި އެކަން އިއުލާނު ކުރެއްވި އެވެ. 

ނަމަވެސް އެވަގުތަށް ވެސް ކޯރަމް ނެތުމުން އަނެއްކާވެސް 11 ޖަހާއިރު ފައްޓަން މަސައްކަތް ކުރެއްވި އެވެ. އެވަގުތު މަޖިލީހަށް ހާޒިރުވެ ތިބީ އެންމެ 10 މެމްބަރުންނެވެ. 

"އަޅުގަނޑަށް ތަކުރާރުކޮށް ބަލާލެވިއްޖެ. ކޯރަމް ބެލް 11 ގެ ފަހުން ޖަހައި މިހާރު ފަސް މިނެޓު ވެސް ހަމަވީ. އެހެންވީމާ އަޅުގަނޑު ގަސްދުކުރަނީ މި ޖަލްސާ ނިންމާލަން،" މަޖިލީސް ނިންމަވާލައްވަމުން އަސްލަމް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާ ނިންމާލާފައިވާއިރު މިއަދަށް މާ ބޮޑު މަސައްކަތެއް އެޖެންޑާ ކޮށްފައެއް ނެތެވެ. ގިނަ މަސައްކަތްތައް އޮތީ ކޮމެޓީތަކުގަ އެވެ. 

މެމްބަރުންގެ ފަރާތުން ވަޒީރުންނާ ކުރަން ހުށަހަޅާފައިވާ 21 ސުވާލެއް އޮތް ކަމަށް އިއްޔެ އަސްލަމް ވިދާޅުވި އެވެ. ނަމަވެސް އެބައި ކުރިއަށް ނުގެންދެވިގެން އުޅެނީ ސުވާލު ހުށަހެޅި މެމްބަރުން އަދި ވަޒީރުންނަށް ވަގުތު ނުވެގެން ކަމަށް ވެސް ވިދާޅުވި އެވެ.

ދެން އޮންނާނީ 19 ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އެވެ. އެޖަލްސާ އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު އެވެ. އާ މަޖިލީހަށް އިންތިހާބުވި 93 މެންބަރުން ހުވާ ކުރާނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.