އީރާނުން އިރާގަށް ފުލުފުލުގައި ހަމަލާދީ 13 މީހަކު މަރާލައިފި

އީރާނުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކުރުދީންގެ 22 އަހަރުގެ ޒުވާނެއް ކަމަށްވާ މަހުސާ އަމީނީގެ މަރުވެފައިވާތީ އީރާނުގެ އެކި ސަރަޙައްދުތަކުގައި އެތަކެއް ހާސް ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. އޭނާ އަކީ ކުރުދީ ދަރިކޮޅަށް ނިސްބަތްވާ އީރާނު ރައްޔިތެކެވެ. އޭނާ ހައްޔަރު ކުރީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ހެދުން އަޅާ ކަމަށް ބުނެ އެވެ.

އިރާނުން އިރާގުގެ ކުރުދިސްތާނަށް ދިން މިސައިލް ހަމަލާތަކުގައި އިމާރާތެއްގައު ހުޅުހިފައި ބޯވި ދުންގަނޑު މައްޗަށް އަރާފައި: ހަމަލާތަކުގައި 13 މީހުން މަރާލި

މިސައިލާއި ޑްރޯން ބޭނުންކޮށްގެން 70 އަށް ވުރެ ގިނަ ހަމަލާ އީރާނުން އިރާގުގެ އުތުރުގައި އޮންނަ ކުރުދީންގެ ސަރަޙައްދަށް އަމާޒުކޮށް 13 މީހަކު މަރައިލައިފި އެވެ. ގިނަ އަދަދެއްގެ މީހުން ޒަހަމްކޮށްލައިފި އެވެ. އިރާނުގެ މި ހަމަލާގައި މަރުވި 13 މީހުންގެ ތެރޭގައި މާބަނޑު އަންހެނަކުވެސް ހިމެނެ އެވެ.

އީރާނުގެ ރިވޮލޫޝަނަރީ ގާޑްސް ކޯގެ ތަރުޖަމާނަކު ވިދާޅުވީ އިރާގަށް މިފަދަ ހަމަލާއެއް ދޭން ޖެހުނީ ކުއްލި ގޮތަކަށް ނޫން ކަމަށެވެ. ކުރުދީ ޓެރެރިސްޓު ޖަމާއަތްތަކުން އީރާނަށް ނުގަވައިދުން އެތެރެވެ ހަމަނުޖެހުންތައް ރާވައި ހިންގާ އީރާނުގެ ދާހިލީ ސުލްހަ ނަގައިލަމުން ގެންދާ ކަމަށާއި އެހެން ވެގެން ކުރުދިސްތާނުގައި ހަރަކާތްތެރިވާ ޓެރެރިސްޓް ޖަމާއަތްތަކުން މަރުކަޒުތައް ބިމާ ހަމަކޮށްލުމުގެ ބޭނުން ކުރިންވެސް އޮތް ކަމަށެވެ.

އިރާގަށް ދިން ހަމަލާގައި 58 މީހުން ޒަހުމްވެފައި ވެއެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި ނޫސްވެރިން ހިމެނެ އެވެ ހަމަލާތައް ދޭން އީރާނުން ފޮނުވައިލި ބައެއް މިސައިލް ހަމަލާތައް ކުރުދިސްތާން ސަރަޙައްދުގައި ރެފިޔުޖީން ދިރިއުޅޭ ސަރަޙައްދުތަކަށް ވެސް އަމާޒުވި އެވެ.

އދ. އާއި އެމެރިކާ އާއި އިނގިރޭސި ވިލާތާއި ޖަރުމަނު ވިލާތުން ވަނީ އީރާނުގެ ހަމަލާތައް ކުށްވެރި ކޮށްފައެވެ. އަނެއްކޮޅުން އީރާނުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކުރުދީންގެ 22 އަހަރުގެ ޒުވާނެއް ކަމަށްވާ މަހުސާ އަމީނީގެ މަރުވެފައިވާތީ އީރާނުގެ އެކި ސަރަޙައްދުތަކުގައި އެތަކެއް ހާސް ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. އޭނާ އަކީ ކުރުދީ ދަރިކޮޅަށް ނިސްބަތްވާ އީރާނު ރައްޔިތެކެވެ. އޭނާ ހައްޔަރު ކުރީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ހެދުން އަޅާ ކަމަށް ބުނެ އެވެ. އީރާނުން ބުނަނީ މަހުސާގެ މަރާ ގުޅިގެން އީރާނުގެ ތެރޭގައި ހުޅު ރޯކޮށްފައި ވަނީ އިރާގުގެ ކުރުދީން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.