"ޓީއެސްލައިން" ދޯންޏަކީ މިދިޔަ މަސްވެރިކަމުގެ މޫސުމުގައި ވެސް ގިނަ އަދަދެއްގެ މަސް ބާނާފައިވާ ދޯންޏެކެވެ. ގާތްގަނޑަކަށް 35 ފަޅުވެރިން ހަރަކާތްތެރިވާ ޓީއެސްލައިން ދޯނިން މި މޫސުމުގެ މަސްވެރިކަމުގައި ބޭނި މަހުގެ އަދަދު 300 ޓަނަށް އަރަ އެވެ.
މީގެ 16 އަހަރު ކުރިން ގދ. ތިނަދޫ "ރަސްމަގު" ދޯނިން ހަދާފައިވާ މަސް ރެކޯޑު މުގުރާލައި ގދ. މަޑަވެލީ "ޓީއެސް ލައިން" ދޯނިން ގިނަ އަދަދެއްގެ މަސް ބާނައި ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ މަސް ބޭނި ދޯންޏަކަށް ވެއްޖެ އެވެ.
މިފްކޯގެ މަސް ފެކްޓްރީ ހިންގާ ކޫއްޑު ބަނދަރަށް "ޓީއެސް ލައިން" ދޯނި 57.1 ޓަނުގެ މަހާއެކު ރޭ ވަދެ މަސް ކިރުވުމާއެކު ރާއްޖޭގެ މަސްވެރިކަމުގެ ތާރީހުގައި ވެސް އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނައިން މަސް ބޭނި ދޯންޏަކަށް ވަނީ އެ ދޯނި ވެފަ އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ މަސްވެރިކަމުގައި މަޑަވެއްޔާއި ވާދަވެރި ތިނަދޫ މަސްވެރިންގެ އަތުގަ އެވެ.
ތިނަދޫ "ރަސްމަގު" ދޯނިން 2006 ވަނަ އަހަރު ރިކޯޑް ހެދީ 53 ޓަނުގެ މަސް ބާނައިގެނެވެ. އެ ދޯނި ވެސް ރިކޯޑް އަދަދަކަށް މަސް ބާނާފައި ވަނީ ވެސް މަސްވެރި މި މޫސުން ކަމަށްވާ ސެޕްޓެމްބަރު، އޮކްޓޫބަރުގެ ހެޔޮ މަސްވެރިކަމުގެ ސީޒަން ތެރޭގަ އެވެ.
އޭގެ ފަހުން ފާހަގަކޮށްލެވޭ މަސް ރެކޯޑެއް ހެދީ މިދިޔަ އަހަރު އެވެ. އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނައިން މަސް ބާނައިގެން އެ ރިކޯޑް ހެދީ ގދ. ފަރެސް މާތޮޑާގެ "ބާހިރާ" ދޯނިންނެވެ. އެ ދޯނިން މިދިޔަ އަހަރުގެ ފަހުކޮޅު ޑިސެމްބަރު މަސްވެރިކަމުގައި 48 ޓަނު މަސް މިފްކޯއަށް ކިރުވި އެވެ.
"މި" ނޫހަށް ވާހަކަ ދައްކަވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްލާއިލް ފައުޒީ ވިދާޅުވީ 30 މޭލު ބޭރުން "ޓީއެސްލައިން
ދޯނި ބޭނި މަހަށް 971،584ރ. އެ ދޯންޏަށް ލިބިފައިވާ ކަމަށެވެ. އެ ދޯނި މި ވޭތުވެދިޔަ ހަތަރު ހަފުތާގައި ކިރުވި މަހުގެ އަދަދު 300 ޓަނަށް އަރާ ކަމަށް ވެސް އިސްމާއިލް ފާހަގަ ކުރެއްވި އެވެ.
"ޓީއެސްލައިން" ދޯންޏަކީ މިދިޔަ މަސްވެރިކަމުގެ މޫސުމުގައި ވެސް ގިނަ އަދަދެއްގެ މަސް ބާނާފައިވާ ދޯންޏެކެވެ. ގާތްގަނޑަކަށް 35 ފަޅުވެރިން ހަރަކާތްތެރިވާ ޓީއެސްލައިން ދޯނިން މި މޫސުމުގެ މަސްވެރިކަމުގައި ބޭނި މަހުގެ އަދަދު 300 ޓަނަށް އަރަ އެވެ. އެހެންވެ ބެލެވޭ ގޮތުގައި ހަރަދު ކަނޑައި ދޯނީގެ ފަޅުވެރިއަކަށް އެއް ލައްކަ ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ.
ރާއްޖެ މިހާރު ވަދެފައި މިވަނީ ކޮންމެ އަހަރެއްގައި ވެސް އަންނަ "މަސްވެރި މޫސުމު" ގެ ތެރެ އަށެވެ. ހުޅަނގުގެ 12 ވަނަ ނަކަތް ކަަމަށްވާ އުތުރަ ނަކަތާއި 13 ވަނަ ނަކަތް، އަތަ ނަކަތަކީ ރާއްޖެ މަސްވެރިކަމުގެ މޫސުމުކަށް ވަންނަ ހިސާބެވެ. ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރާއި އޮކްޓޫބަރު މަހު މަސްވެރި ސީޒަނާ ރާއްޖެއާ ލައްވާލަ އެވެ.
މަރުހަބާ ޓީއެސްލައިން މަރުހަބާ މަޑަވެލި، އަހރަމެން އަނެއްކާވެސް ތިނަދޫ ކުދީން ނުކުމެ އަލުން އާ ރިކޯޑެއް ހަދާނީ އަބަދުވެސް ވެއްޓުނީމަ ތިނަ ދޫ ތެދުވާނެ