މޫދަށް ވެއްޓުނު ކާރު މިހާރު ވަނީ މޫދުން ނަގާފައި ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގީ ލ. ފޮނަދޫ ގައެވެ. ފުލުހުން ބުނީ ފޮނަދޫ ބަނދަރުގައި އޮތް ދޯންޏަކަށް ކާރެއް އަރުވަން އުޅުމުގެ ތެރޭގައި ކާރު މޫދަށް ވެއްޓިފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ ހަތެއް ޖެހިއިރު ކަމަށް ވެސް ބުންޏެވެ.
އަދި ބުނީ ހާދިސާ ގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށެވެ.
އަދި މޫދަށް ވެއްޓުނު ކާރު މިހާރު ވަނީ މޫދުން ނަގާފައި ކަމަށް ވެސް ބުންޏެވެ.