އިންމު ކުށްވެރިކޮށް އަދާލަތުން ބަޔާން ނެރެފި

އަދާލަތުން ބުނީ އެކްސިޑެންޓް ހިނގި ސަރަހައްދަށް ހާޒިރުވެ, އިމްރާން ލަތީފް، އިމްރާން އަބްދުﷲ އަށް ނިސްބަތްކޮށް ދޮގު ތުހުމަތުކޮށްފައިވާ ކަމަށެވެ.

އިމްރާން އަބްދުﷲ (ކ) އިމްރާން ލަތީފް (ވ)

ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކާރުކޮޅުގައި ޕިކަޕަކުން ޖެހި އެކްސިޑެންޓްވުމުން އެ ސަރަހައްދަށް ވަޑައިގެން ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) އަމަލު ކުރެއްވި ގޮތް ކުށްވެރި ކޮށް އަދާލަތު ޕާޓީން ބަޔާނެއް ނެރެފި އެވެ. 

އެކްސިޑެންޓް ހިނގީ އުމުރުން ދުވަސްވީ މީހަކު ދުއްވި ޕިކަޕަކުން ޖެހި އެވެ. މަންޒަރު ދުށް މީހުން ބުނީ އިމްރާންގެ ކާރުކޮޅު ގައި ޕިކަޕު ޖެހުމާއި ގުޅިގެން ޕިކަޕު ދުއްވި މީހާއަށް ނިސްބަތްކޮށް ރުޅިވެރި ކަމާ އެކު އިމްރާން ވާހަކަ ދެއްކެވި ކަމަށެވެ.

އަދި އެކަން ހައްލު ކުރުމަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) މަސައްކަތް ކުރެއްވި ކަމަށެވެ. އިންމު، އިމްރާންގެ ކިބައިން އެދިވަޑައިގަތީ ޕިކަޕު ދުއްވި މީހާއަށް މާފުކޮށް ދެއްވުމަށެވެ. އަދި މާފުކޮށް ނުދެއްވާނަމަ ކާރަށް ލިބުުނު ގެއްލުމަށް އޭނާ ޒިންމާ ނަންގަވާނެ ކަމަށެވެ.

އެކަމަށް ދެ ފަހަރު އެދިވަޑައިގަތުމުން ވެސް އިމްރާން އެއްވެސް ޖަވާބެއް ނުދެއްވާ ހުންނަވަ އެވެ. އިމްރާން ހުންނެވީ އެކްސިޑެންޓްވެ ކާރުކޮޅަށް ގެއްލުން ވުމުން އެކަމާއި ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން އަދި އިންމު އަމަލު ކުރެއްވި ގޮތުން ވަރަށް ބޮޑަށް ކޯފާވެފައި ކަމަށް ބެލެވެ އެވެ.

އެކްސިޑެންޓްވީ ޕިކަޕު ދުއްވި ޑްރައިވަރަށް މާފު ދިނުމަށް އެދި އިންމަ ވާހަކަ ދައްކަވަނީ

އަދާލަތުން މިރޭ ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ އެ ޕާޓީގެ ރައީސް އިމްރާން އަބްދުالله މިއަދު ދަތުރު ކުރި ކާރުގައި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގުމުން ފުލުހުން އެ ސީނަށް ހާޒިރު ވަންދެން އިމްރާން އަދި ޕިކަޕް ދުއްވި ޑްރައިވަރު މަޑުކޮށްގެން ތިއްބާ, ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް އެތަނަށް ހާޒިރުވެ, އިމްރާން އަށް ނިސްބަތްކޮށް ދޮގު ތުހުމަތުކޮށްފައިވާ ކަމަށެވެ. އަދި ޕިކަޕް ޑްރައިވަރަށް ނިސްބަތްކޮށް ނިކަމެތި ބަސް ބޭނުންކޮށް ސޯޝަލް މީޑިއާ ގައި ޕިކަޕް ޑްރައިވަރާއި އިމްރާން ފަލީހަތްކު ރުމަށް ކުރި މަސައްކަތް ކުށްވެރި ކުރާ ކަމަށެވެ.

މަގުމަތީގައި ހިނގާ އެކްސިޑެންޓްތަށް ފުލުހަށް ރިޕޯޓް ކުރުމުގެ ގާނޫނީ ޒިންމާއެއް އޮތްއިރު މި ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ މެންބަރަކު ހުރަސް އެޅުމާއި ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ މީހުންނަށް މަގުމަތިން ދިމާކޮށް އާޑަ ފުރައްސާރަ ކުރުން ފަދަ ކަންކަމަކީ ގާނޫނު ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ދަތިވާނެ އަދި މުޖުތަމައުގެ މަސަލަސްކަން ގެއްލުމަށް މެދުވެރިވެދާނެ ފަދަ ކަންކަން ކަމަށް ވެސް ބުނެފައިވެ އެވެ.

"އަމިއްލައަށް ގާނޫނު ތަންފީޒު ކުރަން އުޅުމާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސް އެޅުމަކީ އާންމު ރައްޔިތުންގެ ކިބައިން ވެސް އަދި ވަކިން ހާއްސަކޮށް ގާނޫނު ހެދުމުގެ ޒިންމާ ހަވާލު ކުރެވޭ މެންބަރެއްގެ ކިބައިން ފެނިގެންވާނެ ކަންކަމެއް ނޫނެވެ،" އަދާލަތުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް

1
450
ސަނީ
6 months ago

ހޯމްމިނިސްޓަރުކަންކުރީ ގޭގައިނދެގެންކަންނޭގެ ނޫންނަމަ ގާނޫނާގަވައިދުވެސް އެނގެންވާނެޯ؟ ގާނޫނީގޮތުން އެކުސިޑެންޓް ވީމަ ދެފަރާތައް އިޙުތިޔާރުތަކެށްލިބިގެންވޭ ދެފަރާތްއެއްބަސްވާގޮތަކަށް އެކަންނިންމުމުގެ، ދެން 24 ގަޑިއިރުތެރޭ ކަމާބެހޭފަރާތައް އެކަން ރިޕޯޓްކުރަންޖެހެނީ!

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.