ރޯދަ މަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސް މުއިއްޒުގެ ވައުދެއް ނަމަވެސް ފެނާއި ކަރަންޓު ބިލު ތަކުން ރައީސް އެދިވަޑައިގެންނެވި ގޮތަށް ލުއިދެވިފައި ނުވާކަން ފާހަގަ ކުރެއްވިފައިވާ ކަމަށެވެ.
ރޯދައިގެެ ފެނާކަރަންޓުން ހުރިހާ ގޭބީސީއަކަށް ޑިސްކައުންޓް ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖާން ހީނާ ވަލީދު ދެންމެ ވިދާޅުވީ ރޯދަ މަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސް މުއިއްޒުގެ ވައުދެއް ކަމަށެވެ. ނަމަވެސް ފެނާއި ކަރަންޓު ބިލު ތަކުން ރައީސް އެދިވަޑައިގެންނެވި ގޮތަށް ލުއިދެވިފައި ނުވާކަން ފާހަގަ ކުރެއްވިފައިވާ ކަމަށެވެ.
އެހެން ކަމުން އެކަން ހައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ މިހާރު އަންގަވާފައިވާ ކަމަށެވެ.
ރާއްޖޭގައި ކަަރަންޓްގެ ހިދުމަތް ދެނީ ސްޓެލްކޯ އާއި ފެނަކަ އިންނެވެ. އަތޮޅުތެރޭގެ ވަރަށް މަދު ރަށެއްގައި ނޫނީ ކަރަންޓް ހިދުމަތް ދެނީ ފެނަކަ އިންނެވެ. މާލެ ސިޓީ -- މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ކަރަންޓްގެ ހިދުމަތް ދެނީ ސްޓްލެކޯ އިންނެވެ. ފެނުގެ ހިދުމަތް ފޯރުކޮށްދެނީ އެމްޑަބިއުއެސްސީ އިންނެވެ.
ރައްޔިތުންނަށް އެހީއެއްގެ ގޮތު ރޯދަ މަހުގެ ކަރަންޓާއި ފެނުގެ ބިލަށް ލުއި ދޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެ ފައެވެ. ރައީސްގެ އެ އެންގެވުމާ އެކު އެ ލުއި ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކުންފުނިތަކުން މިހާރު ވަނީ ބުނެފައެވެ. ކުންފުނި ތަކުން ބުނީ މިހާރު ފޮނުވާފައިވާ ބިލްތަކަށް ބަދަލު ގެނެސް ވަރަށް އަވަހަށް އަލުން ފޮނުވާނެ ކަމަށެވެ.
ރޯދައިގެ ބިލްތަކަށް ޑިސްކައުންޓް ދޭން ނިންމާފައި މި ވަނީ މި ފަަހަރުގެ ބިލު ވަރަށް ބޮޑު ކަމަށް ބުނެ އާންމުންގެ ބައެއް މީހުން ޝަކުވާ ކުރަމުން ދަނިކޮށެވެ. ކުރީގެ ބިލްތަކާއި ފަހުން އައި ބިލްގެ ތަފާތު ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ކިޔައިދީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ކަރަންޓް ބިލު މި ފަހަރު ބޮޑުވީ ހޫނުގެ ދުވަސްވަރެއް ކަމުން ކަރަންޓް ބޭނުން ކުރި މިންވަރު ބޮޑުތަނުން އިތުރުވުމުން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.