"އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި،" ފުލުހުން ބުންޏެވެ.
މިދިޔަ މަހުގެ 28 ހިސާބުގައި ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ -- ގއ، ގދ، ފުވައްމުލަކު އަދި އައްޑޫ -- ހިމެނޭ ސަރަހައްދުގެ ރަށެއްގަ އެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިދިޔަ މަހު ފަހުކޮޅު އެވެ.
މައްސަލައިގެ އަޕްޑޭޓެއް ދެމުން ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން 61 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
"އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި،" ފުލުހުން ބުންޏެވެ.
އެ މައްސަލާ ގައި ހިމެނޭ މީހާ ކަމަށް ބުނާ މީހާގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރު ކުރަމުންނެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ މައްސަލަ ބެލުމަށް ފުލުހުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކޮށް އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.