ކުޑަގިރި އޮންނާނީ މާލެ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައި، އިތުރަށް ތަރައްގީ ކުރާނެ

ކުޑަގިރި މިހާރަށް ވުރެ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތް ލިބޭ ގޮތަށް ސަރުކާރުން ތަރައްގީ ކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކުޑަގިރި

މާލެ ގިނަ ރައްޔިތުން އާއިލާތަކާއެކު ހިތް ފަސޭހަކޮށްލާ ދަތުރު ދިއުމަށް ހާއްސަކޮށް ތަރައްގީކޮށްފައިވާ ކުޑަގިރި އަބަދު ވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައި ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިހެން ބުނެފައި ވަނީ ކުޑަގިރިއަށް އެރުން މަނާކޮށް އެ ރަށް ބަންދު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވީ ކުޑަގިރި އަބަދު ވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ މިހާރު ހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާ ގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށް ވުރެ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތް ލިބޭ ގޮތަށް ސަރުކާރުން ތަރައްގީ ކުރާނެ ކަމަށެވެ.

ކުޑަބަނޑުހަށްވުރެ ދެ ގުނަ ބޮޑު ކުޑަގިރި ހަދައި ރަސްމީކޮށް ހުޅުވީ ފެބްރުއަރީ 11، 2023 ގައެވެ. ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން މާލެ އަތޮޅު ކުޑަގިރި ފަޅުން ބޮޑު ސަރަހައްދެއް އިން ހިއްކައިގެން 41 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ދިވެހިންގެ ޕިކްނިކް އައިލެންޑް ކުޑަގިރި ހުޅުވީ ގިނަ ވަސީލަތްތަކެއް ގާއިމު ކުރުމަށް ފަހު އެވެ.

ރަށް ތަރައްގީކޮށްފައިވަނީ ހަޓުތަކާއި މިސްކިތް އަދި ފާހާނާ ވެސް ހިމެނޭ ގޮތަށެވެ. ދެ ސައިޒުގެ ހަޓް ހުރެ އެވެ. ކުދި ހަޓުތަކާއި ބޮޑެތި ހަޓުތައް ވެސް ހުރެ އެވެ. މި ތަންތަނުގައި ކެއްކުމާއި ފޯނު ޗާޖުކުރުން ފަދަ ހިދުމަތްތައް ލިބެން ހުރެ އެވެ. މި ތަންތަން ބޭނުން ކުރެވޭނީ އަގު ދީގެންނެވެ. ނަމަވެސް ފާހާނާ ބަރިއާއި ޗޭންޖިން ރޫމު އަދި މިސްކިތެއްގެ އިތުރުން ބާބަކިއު އޭރިއާއެއް އަދި ކުޑަކުދިން ކުޅިވަރު ކުޅުމަށް ހާއްސަ ސަރަހައްދު ބޭނުން ކުރަން އަގެއް ނުނަގަ އެވެ. މި ރަށުގައި ސެކިއުރިޓީން ތިބޭއިރު 44 ސީސީ ޓީވީ ކެމެރާއިން މުޅިރަށް އެއްކޮށް ބަލަހައްޓަމުން ގެންދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.