"އަބުރުވެރި މަސައްކަތެއް ހޯދަން އަދިވެސް ގޮންޖެހުން އެބަހުރި"

"އަޅުގަނޑުމެން އެކުގައި ގައުމު ބިނާކުރެވޭނީ ކޮންމެ މަސައްކަތްތެރިއަކަށް ވެސް އެމީހެއްގެ ފުރިހަމަ ގާބިލްކަން ހަގީގަތަކަށް ހަދައި، ކަރާމާތާއި ފުރިހަމަ ދިރިއުޅުމެއް އުޅުމަށް ބާރުވެރިކުރެވޭ މުޖުތަމައެއް ގާއިމުކޮށްގެން،"

ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ

މަސައްކަތުގެ މާހައުލުގައި އެންމެންނަށް އަބުރުވެރި މަސައްކަތެއް ހޯދުމުގައި  އަދިވެސް ގޮންޖެހުންތައް އެބަހުރި ކަމަށާއި، އެމީހުންގެ ހައްގުގައި ތަފާތުކުރުމާއި އަނިޔާވެރިކަމާ ދެކޮޅަށް ކުރިމަތިލައި، އެކަންކަން މަސައްކަތުގެ މާހައުލުން ނައްތާލުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ވާޖިބަކަށް ހެދުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ގޮވާލައްވައިފި އެވެ.

މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މިނިސްޓަރު މާރިޔާ ދެއްވި ހާއްސަ ހިތޯބުގައި ވިދާޅުވީ ވޭތުވެދިޔަ 15 އަހަރު ދުވަހު މި ދުވަސް ފާހަގަކުރަމުން ދާއިރު، މި 15 އަހަރު ތެރޭގައި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ސިއްހަތު ކަށަވަރުކުރުމަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން، ގާނޫނީ އޮނިގަނޑުގެ ތެރެއިން މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ސިއްހަތު ކަށަވަރުކުރުމުގެ ހައްގު މިހާރު ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި، ޑީސެންޓް ވޯކް ނުވަތަ އަބުރުވެރި މަސައްކަތުގެ މުހިންމު ކަމާއި އޭގެ ސަބަބުން ފަރުދުންގެ ދިރިއުޅުމަށާއި، އަޅުގަނޑުމެންގެ ގައުމުގެ ތަނަވަސްކަމަށް ކުރާނެ އަސަރުތަކާމެދު މިއަދު ވިސްނާލަން ޖެހޭކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލާއި އެންމެންނަށް އަބުރުވެރި މަސައްކަތެއް ހޯދުމުގައި ދެމިއޮތް ގޮންޖެހުންތައް އަދިވެސް ވާކަމަށް އަޅުގަނޑުމެން އެބަ ގަބޫލުކުރަން ޖެހޭ. މަސައްކަތުގެ މާހައުލުގައި ހިތްހަމަނުޖެހޭ ކަންކަން އެބަ ހިނގާ. ތަފާތުކުރުމާއި، ގަނާކުރުމާއި ނުތަނަވަސްކަމުގެ ހާދިސާތަކުގެ ވާހަކަތައް އެބަ އަޑުއިވޭ. މަސައްކަތްތެރިންގެ ހައްގުގައި މި ފަދަ ތަފާތުކުރުމާއި އަނިޔާވެރިކަމާ ދެކޮޅަށް ކުރިމަތިލައި، އެކަންކަން މަސައްކަތުގެ މާހައުލުން ނައްތާލުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއްކަމަށް ހައްދަވާ،" މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

ހިތޯބުގައި މިނިސްޓަރު ވަނީ ސަރުކާރުގެ އިދާރާތަކާއި ވަޒީފާދޭ ފަރާތްތަކާއި ޓްރޭޑް ޔޫނިއަންތަކާއި މަދަނީ ޖަމިއްޔާތައް ގުޅިގެން އެއްބައިވަންތަކަމާއި އެއްބާރުލުމުގެ ރޫޙެއްގައި ރާއްޖޭގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ސިއްހީކަންކަން ކަށަވަރުކޮށް، އަބުރުވެރިކަމުގެ މަސައްކަތުގެ މަގުސަދުތައް ކުރިއަށް ގެންދިއުމަށް ގޮވާލައްވާފަ އެވެ.

"އަޅުގަނޑުމެން އެކުގައި ގައުމު ބިނާކުރެވޭނީ ކޮންމެ މަސައްކަތްތެރިއަކަށް ވެސް އެމީހެއްގެ ފުރިހަމަ ގާބިލްކަން ހަގީގަތަކަށް ހަދައި، ކަރާމާތާއި ފުރިހަމަ ދިރިއުޅުމެއް އުޅުމަށް ބާރުވެރިކުރެވޭ މުޖުތަމައެއް ގާއިމުކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، އެއްވެސް މީހަކު ފަހަތަށް ނުޖެހި، ޝާމިލް އަދި ހަމަހަމަ މަސައްކަތްތެރިންގެ މާރުކޭޓެއް އުފެއްދުމަށް ކުރާ މަސައްކަތްތައް ދެގުނައަށް އިތުރުކޮށް އެންމެންނަށް އަބުރުވެރި މަސައްކަތެއް ހޯދަން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. 

"އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ދިވެހި ޒުވާނުން ބާރުވެރިކޮށް ހުނަރު އިތުރުކޮށް ވަޒީފާގެ ފުރުސަތުތަށް ފަހިކޮށްދެއްވައި، އުފާވެރި މުޖުތަމައެއް ބިނާކުރެއްވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ބުރަމަސައްކަތް ފާހަގަކޮށް، ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އެމަނިކުފާނަށް އަރިސް ކުރަން،" މިނިސްޓަރުގެ ހިތޯބު ނިންމަވާލައްވަމުން ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.