ހަނީފް ސަސްޕެންޑް ކުރީ ކޯޓުގައި ހިނގަމުން އަންނަ މައްސަލަތަކެއް ގައި ހިމެނޭ ފައިސާތަކެއް ދޫނުކޮށްގެން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ޕަބްލިކް ސާވިސް މީޑިއާގެ ޑިރެކްޓަރު ފައިނޭންސްގެ މަގާމުގައި ހުރި އަހްމަދު ހަނީފް މަސްއޫލިއްޔަތުން އެކަހެރިކޮށްފި އެވެ.
އެ ކުންފުނިން ވަނީ ބަޔާނެއް ނެރެ އެކަން ޔަގީން ކޮށްދީފީފައެވެ.
އެ ބަޔާނުގައި ބުނީ ހަނީފް މަސްއޫލިއްޔަތުތަކުން އެކަހެރި ކުރީ ފައިނޭންސް ޑިޕާޓްމަންޓުން ޕޭމަންޓުތަކާއި ކޭޝްފްލޯ މެނޭޖުކުރުމުގައި ކޯޕަރޭޓް އުސޫލާ ހިލާފަށް ކަންކަން ކުރަމުންދާ ކަން ފާހަގަ ވުމާއި ގުޅިގެން ކަމަށެވެ. އޭނާ މަސްއޫލިއްޔަތުތަކުން ދުރުކުރީ އެ މައްސަލަ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުން ބަލަމުންދާތީ ކަމަށް ވެސް ބުންޏެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ބުނެ ޕީއެސްއެމުން ބުނީ ހަނީފާ ގުޅޭ މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭނާ ހުންނާނީ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ކަމަށެވެ.
ހަނީފް ސަސްޕެންޑް ކުރީ ކޯޓުގައި ހިނގަމުން އަންނަ މައްސަލަތަކެއް ގައި ހިމެނޭ ފައިސާތަކެއް ދޫނުކޮށްގެން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.