ބޯހިމަނާ ނުނިމެނީ މާލެއާ ހުޅުމާލޭގައި

ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ އޮކްޓޫބަރު ހަވަނަ ދުވަހު އެވެ. އަދި ދާއިމީ ނަތީޖާ އިއުލާނު ކުރާނީ ގައުމީ ތަފާސް ހިސާބުގެ ދުވަސް ކަމަށްވާ އޮކްޓޫބަރު 20 އެވެ.

ރަށެއްގައި ބޯހިމެނުމުގެ މައުލޫމާތު ނަގަނީ: ބޯހިމެނުން އެއްކޮށް އަދި ނުނިމޭ -- އެމްބީއެސްގެ ފޮޓޯއެއް

ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނުގެ މައުލޫމާތު އެއް ކުރުމަށް މުޅި ރާއްޖޭގައި ފެށި ބޯހިމެނުމުގެ މަސައްކަތް ނިމުނު ނަމަވެސް، މާލެ އަދި ހުޅުމާލޭގައި ނުނިމޭ ކަމަށް މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯ (އެމްބީއެސް) އިން ބުނެފި އެވެ

އެމްބީއެސްގެ ސީނިއާ ސްޓެޓިސްޓިކަލް އޮފިސަރު އައިމިނަތު މުޝްފިގާ އިބްރާހިމް ރޭ "މި" ނޫހަށް ވިދާޅުވި ގޮތުގައި ބޯހިމެނުގެ މަސައްކަތް ރާއްޖޭގެ އެކި ހިސާބުތަކުގައި އެއްކޮށް ނިމިފައިވި ނަމަވެސް ވެރިރަށް މާލެ އަދި ހުޅުމާލެ އަދިވެސް މުޅީން ނިންމާނުލެވޭ ގޮތެއް ނުވެއެވެ.

މި މަހުގެ 13 އިން ފެށިގެން ކުރިއަށްދާ ބޯހިމެނުގެ މަސައްކަތުގައި އެނިއުމަރޭޓަރުން ލިބުން ދަތިވުމުގެ ސަބަބުން މާލޭގައި ބޯހިމެނުން ކުރިޔަށް ގެންދިޔައީ 27 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުވެސް ކޮށްގެނެވެ.

"މިއަދު ވެސް އަޅުގަނޑުމެންގެ އެނިއުމަރޭޓަރުން ހުޅުމާލޭގެ ގޭގެ އަށް ވަންނަން ދާނެ،" މުޝްފިގާ ވިދާޅުވި އެވެ.

މި ފަހަރުގެ ބޯހިމެނުމުގެ ވާހަކަ

  •  ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނުގެ މައުލޫމާތު
  •  އިގްތިސޯދީ މަސައްކަތް ކުރާ ތަންތަނުގެ މައުލޫމާތު
  •  މާލެ އާއި ރަށްރަށުގައި، އެކިއެކި މަސައްކަތް ކުރާ ތަންތަނާއި ކުރާ މަސައްކަތާއި ވަޒީފާ އަދާކުރާ މީހުންގެ އަދަދު
  •  4،000 އަށް ވުރެ ގިނަ އެނިއުމަރޭޓަރުން
  •  މާލެއަށް 1،800 އަށް ވުރެ ގިނަ އެނިއުމަރޭޓަރުން
  •  މައުލޫމާތު ނެގުމުގައި ބޭނުން ކުރަނީ ޓެބްލެޓް
  •  ޝިއާރަކީ "މިއީ އަހަރުމެންގެ ބޯ ހިމެނުން، އަހަރުމެން ވެސް ބައިވެރިވާނަން"

ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ އޮކްޓޫބަރު ހަވަނަ ދުވަހު އެވެ. އަދި ދާއިމީ ނަތީޖާ އިއުލާނު ކުރާނީ ގައުމީ ތަފާސް ހިސާބުގެ ދުވަސް ކަމަށްވާ އޮކްޓޫބަރު 20 އެވެ.

ރާއްޖޭގައި ކުރިން ވެސް އެކި ސިފަ ސިފައިގައި ބޯހިމަނަ އެވެ. އެކަމަކު ރަސްމީ ސިފައެއްގައި ފުރަތަމަ ރާއްޖޭގައި ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގެ ތެރޭގަ އެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައި ވަނީ މީގެ އަށް އަހަރު ކުރިން 2014 ވަނަ އަހަރު އެވެ. އޭރުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. ނަމަވެސް ސްޓެޓިކްސްގެ އެންމެ ފަހުގެ ލަފާ ކުރުމުގެ މައްޗަށް އެކުލަވާލި ތަފާސްހިސާބު ދައްކާ ގޮތުން މިއަހަރު ނިމޭއިރު 579،330 މީހުން ދިރިއުޅޭ އެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން 45 ޕަސަންޓަކީ ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގައި ދިވެހި ޒުވާނުންގެ ޕަސެންޓަކީ 47 އެވެ. ބިދޭސީ ޒުވާނުންގެ ޕަސެންޓަކީ 53 އެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ އެކަށީގެންވާ މައުލޫމާތު އެއްކުރެވެމުން ނުދެ އެވެ. ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި 200،000 ބިދޭސީން މިހާރު އުޅޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.