ރާއްޖޭގެ ހުރިހާ ބޮޑެތި ސިޓީތަކާއި، ރަށްތަކެއްގައި އީދު ފާހަގަކުރުމަށް ބޮކިފަތި ދަމައި ޒީނަތްތެރިކުރުމަކީ މި ސަރުކާރުން ފެށި ކަމެކެވެ.
ފުވައްމުލަކު ސައިކަލެއް ދުއްވި މީހަކު އެ ސިޓީގައި އީދު ބޮކިފަތި ދަމާފައި ހުރި ހޮޅި ދަނޑިއެއްގައި ޖެހި ޒަހަމް ވެއްޖެ އެވެ.
އެ ހާދިސާގައި އެ މީހާގެ ބޮލަށާއި، ހަށިގަނޑުގެ އެކި ތަންތަނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް އެ ސިޓީން "މިރާ" އަށް މައުލޫމާތު ދިން އޭނާގެ އާއިލާ މެންބަރަކު ބުންޏެވެ. އަދި މިއަދު ހެނދުނުގެ އެ މީހާ ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި އީދު ބޮކިފަތި ދަމާފައި ހުރި ހޮޅިދަނޑިއެއް ވެއްޓިފައި އޮއްވާ، ސައިކަލުގައި ދިޔަ މީހާ އޭގައި ޖެހި އެވެ.
ރާއްޖޭގެ ހުރިހާ ބޮޑެތި ސިޓީތަކާއި، ރަށްތަކެއްގައި އީދު ފާހަގަކުރުމަށް ބޮކިފަތި ދަމައި ޒީނަތްތެރިކުރުމަކީ މި ސަރުކާރުން ފެށި ކަމެކެވެ. މި މަހުގެ 11 ގައި އީދު ފާހަގަ ކުރުމަށް އެތަންތަނުގައި ޖެހި ގިނަ ބޮކިފަތިތަކާއި ގިޑިގެތައް އަދިވެސް އެއްކޮށް ނުނަގަ އެވެ.