ޓޫރިޒަމް ރަންޔޫބީލް އެވޯޑު ބެހީ ރިސޯޓު 40 މުވައްޒަފަކަށް

ރިސޯޓްތަކުގައި 27،000 ދިވެހިން މަސައްކަތް ކުރެ އެވެ. މި މުވައްޒަފުންގެ ތެރޭގައި 10 އަހަރާއި 20 އަހަރާ ދެމެދުގެ ހިދުމަތްކުރި ގިނަ ބަޔަކު އެބަތިއްބެވެ. މީގެ ތެރޭން އެވޯޑް ލިބުނީ މަދު މީހަކަށެވެ.

ޓޫރިޒަމަށް ބައި ގަރުނު، ނުވަތަ ރަންޔޫބީލް ފުރުން ކުލަގަދަކޮށް ފާހަގަ ކުރާނެ ކަމަށް މިދިޔަ ސަރުކާރުން ވައުދުވި އެވެ. އެކަމު ތަފާތު ވާހަކަތަކެއް ދެއްކުމަށް ފަހު ފެނުނީ އެވޯޑްތަކެއް ބަހަން ފެށިތަނެވެ. 

ހުއްޓުމެއް ނެތި ދެ އަހަރު ދުވަހަށް ދެމިގެން ދިޔަ "އެވޯޑް ބެހުމު" ގެ އެ ހަރަކާތުގައި ބެހި އެވޯޑްތަކާއި ޓޯކަންތައް ހަދަން 200،000 އަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައި ވެއެވެ. އަދި މި އެވޯޑު ދީފައިވަނީ ޓޫރިޒަމް ސިނާއަތުގެ ހިދުމަތްތެރިންގެ އަދަދު އުޅެނީ 148 ގަ އެވެ. މީގެ ތެރޭގައި ތިބި ރިސޯޓް މުވައްޒަފުންގެ އަދަދަކީ 40 އެވެ.

ސަރުކާރުގެ ރަސްމީ އިދާރާ އިން "މިރާ" އަށް ލިބިފައިވާ މައުލޫމާތުތައް ދައްކާ ގޮތުގައި މި އެވޯޑު 148 މީހަކަށް ބަހާފައި ވެއެވެ. އަދި ގޯލްޑް ޕެލެޓުން ހަދާފައިވާ ޓޯކަން ދީފައިވާ މީހުންގެ އަދަދު އުޅެނީ 325 ގަ އެވެ. 

އެވޯޑް ލިބުނު ހިދުމަތްތެރިންގެ އަދަދު

  •  ރިސޯޓް މުވައްޒަފުން - އެވޯޑް 40 މުވައްޒަފުން | ޓޯކަން 117 މުވައްޒަފުން
  •  އެހެނިހެން ފަރާތްތައް - އެވޯޑް 108 މީހުން | ޓޯކަން 108 މީހުން

ރާއްޖޭގެ ބައި ގަރުނުވީ ޓޫރިޒަމް ތާރީހުގައި މަސައްކަތްކޮށް ރިޓަޔާ ކޮށްފައިވާ އެތައް ބަޔަކު ތިބިއިރު މި އެވޯޑް ގިނަ ބަޔަކަށް ދީފައެއް ނެތެވެ. މީގެ ތެރޭގައި ޓޫރިޒަމް ސިނާއަތުގެ ހައްގުގައި އެތައް ގުރުބާނީއެއްވީ ޓޫރިޒަމް މުވައްޒަފުންގެ ގިނަ ބަޔަކު ވެސް ހިމެނެ އެވެ. ދިވެހި ޓޫރިޒަމް މުވައްޒަފުންގެ ގޮތުގައި 27،000 ދިވެހިން ތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު ރިސޯޓް މުވައްޒަފުންގެ ތެރޭން އެންމެ 40 މީހަކަށެވެ. 

ޓޫރިޒަމް ސިނާއަތުގައި 15 އަހަރާއި 30 އަހަރު ދުވަހުގެ ދިގު މުއްދަތަށް ހިދުމަތްކޮށްފައިވާ ގިނަ ބަޔަކު ތިބިއިރު މިއިން އެއްވެސް މީހެއްގެ އަގު ވަޒަން ކޮށްފައެއް ނެތެވެ. މީގެ އިތުރުން އޭރުގެ ސަރުކާރާއި ޓޫރިޒަމް މިނިސްޓަރާ ހިޔާލު ތަފާތުވެފައިވާ ގިނަ ބަޔަކަށް އެވޯޑު ދީފައެެއް ނެތެވެ. އެކަމަކު މި މީހުންނަކީ ޓޫރިޒަމްގެ މުހިންމު ހިދުމަތްތެރިންނެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.