ބާ މުސްހަފާއި އެހެނިހެން ދީނީ ފޮތްތައް ނައްތާލުމަށް މޭ މަހުގެ ދެވަނަ ދުވަހާ ހަމައަށް ސިޓީ ކައުންސިލުން ހަވާލުވާނެ އެވެ.
މާލޭގެ ގެތަކުގައި ހުރި ބާ މުސްހަފާއި، ގުރުއާނުގެ އާޔަތް އަދި ހަދީސްތައް ހިމެނޭ ދީނީ ފޮތްތައް ނައްތާލުމަށް ސިޓީ ކައުންސިލުން ހަވާލުވާން އިއުލާންކޮށްފި އެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭގެ ގެތަކުގައި ހުރި މިފަދަ ފޮތްތައް ނައްތާލުމަށް އެކައުންސިލުން ހަވާލުވާނީ މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ފޮތްތަކާ ހަވާލުވާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން 4:00 އަށް ތައިސޭކޮށި، ސިޓީ ކައުންސިލުގެ ވިލިމާލެ ސެކްޝަން އަދި ހުޅުމާލެ ސެކްޝަނުންނެވެ.
ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނާ ގޮތުން މިއަހަރުން ފެށިގެން، ކޮންމެ އަހަރަކު ދެފަހަރަށް މާލޭގެ ގެތަކުގައި ހުރި ބާ ދީނީ ފޮތްތައް ނަތާލުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފަ އެވެ.