އެޗްޑީސީ މަސައްކަތަ ކުރަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައި ދިނުމަށެވެ.
ދިވެހިންނަށް އެކަނި ބިން ގަނެވޭ ގޮތަށް ނިންމާ ތިލަފުށިން ބިން ވިއްކަން ހުޅުވާލަން އެޗްޑީސީން ތައްޔާރުވާން ފަށައިފި އެވެ.
އެޗްޑީސީން ބުނީ ސިނާއީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމު ކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދޭން ވެގެން ކަމަށެވެ.
ތިލަފުށިން ބިން ވިއްކުމަށް އަލުން ހުޅުވާލާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރަން ފުރުސަތު ހޯދައިދިނުމަށް އެޗްޑީސީން އިސްކަން ދެ އެވެ. އެގޮތުން އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައި ދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫ ކުރަން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
އަދި ބުނީ ތިލަފުށީގައި ބިން ބޭނުންކުރާ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.