އެކްސްޕޯޓްގައި މިދިއަ މާރިޗް މަހު ބޭރު ކުރީ 124 މިލިއަން ރުފިޔާގެ މުދަލެވެ. ކުރީ އަހަރުގެ މާރިޗްގައި އެކްސްޕޯޓްކޮށްފައިވަނީ 343 މިލިއަން ރުފިޔާގެ މުދަލެވެ. އެބައިން 64 ޕަސެންޓް ހުރީ ދަށްވެފަ އެވެ.،
ކަސްޓަމްސްގެ ތަފާސް ހިސާބު ދައްކާ ގޮތުން މިދިއަ މާރިޗް މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓް ކުރި އެވެ. މިދިއަ އަހަރުގެ މާރިޗު މަހު އިމްޕޯޓްކުރީ 4.2 ބިލިއަން ރުފިޔާއެވެ. އެހެންވެ މިދިއަ މާރިޗުގެ ނިސްބަތް ހަތަރު ޕަސެންޓަށް އިތުރުވެފައި ވެއެވެ.
އަދި މާރިޗު މަހު އިމްޕޯޓް ދައުލަތަށް ލިބުނު އާމްދަނީ ކުރީ އަހަރުގެ މާރިޗް މަހާ އަޅާބަލާއިރު ތިން ޕަސެންޓް ވަނީ ދަށްފަ އެވެ. ކުރީ އަހަރު މާރިޗު މަހު 330 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މާރިޗު މަހު މި އަދަދު ވަނީ 320 މިލިއަނެވެ.
އެކްސްޕޯޓްގައި މިދިއަ މާރިޗް މަހު ބޭރު ކުރީ 124 މިލިއަން ރުފިޔާގެ މުދަލެވެ. ކުރީ އަހަރުގެ މާރިޗްގައި އެކްސްޕޯޓްކޮށްފައި ވަނީ 343 މިލިއަން ރުފިޔާގެ މުދަލެވެ. އެބައިން 64 ޕަސެންޓް ހުރީ ދަށްވެފަ އެވެ.،